ބްލޮކް ގްރާންޓް ދިނުމުގައި ރަށުގެ ބޮޑު މިނަށް ބަލަނީ
ރައީސް މުއިއްޒު މަކުނުދޫ ކައުންސިލާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ބްލޮކް ގްރާންޓް ދިނުމުގައި ރަށުގެ ބޮޑު މިނަށް ބަލަނީ

4 hours ago - 10:02
Sep 6, 2025 - 10:02
Advertisement
Advertisement

ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމުގައި ރަށުގެ ބޮޑު މިނަށް ބަލަން ނިންމަވާ, ގާނޫނަށް އިސްލާހު ހުށަހަޅާއިރު އެބަދަލުތައް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާބާދީ އަށް ބެލުމުގެ ބަދަލުގައި ރަށުގެ ބޮޑު މިނަށް ބަލައިގެން ބްލޮކް ގްރާންޓް ދިނުމުގެ ފޯމިއުލާއަކަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ދިނުމަށް ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވާތީ، އެއް ހަމައެއްގައި އެ ފައިސާދެވޭނެގޮތަށް ފިސްކަލް ފޯރމިއުލާ މުރާޖަޢާކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުންވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފިސްކަލް ފޯރމިއުލާ މުރާޖާކުރެއްވުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރައްވައި، އަންނަ އަހަރުގެ އަހަރުގެ ބަޖެޓު ހުށަހަޅުއްވާއިރު އެ ބަދަލުވެސް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

Advertisement
Advertisement

މިބަދަލު ގެންނަވަނީ އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދުނުވާތީކަމަށް ރައީސް ވިދާޅުވިއެވެ. ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement