14 ރަށެއްގައި ޕަބްލިކް ވަރކްސްގެ ޔުނިޓްތައް ޤާއިމް ކުރަނީ

14 ރަށެއްގައި ޕަބްލިކް ވަރކްސްގެ ޔުނިޓްތައް ޤާއިމް ކުރަނީ

9 months ago - 17:01
Jul 14, 2025 - 17:02
Advertisement
Advertisement

14 ރަށެއްގައި ޕަބްލިކް ވަރކްސްގެ ޔުނިޓްތައް ޤާއިމް ކުރަން ނިންމާ, އެރަށްތައް އިއުލާނުކޮށްފިއެވެ. ޕަބްލިކް ވަރކްސް ޔުނިޓްތައް ގާއިމްކުރާކަން މީގެކުރިން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް ރަށްތައް އިއުލާނުކުރީ މިއަދުއެވެ.

ޕަބްލިކް ވާރކްސްގެ ޔުނިޓުތައް ޤާއިމުކުރުމަށް ނިންމާފައިވަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، އަދި ގއ. ވިލިނގިލި ގައެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ވިދާޅުވީ ރަށްތައް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބެލީ އަތޮޅު ކައުންސިލް ހިންގާ ރަށް ކަމަށެވެ. ޔުނިޓްތައް ޤާއިމު ކުރުމާބެހޭ އިދާރީ މަސައްކަތް މިނިސްޓްރީއިން ކުރަމުން އަންނަކަމަށް ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާރކްސްގެ ޔުނިޓްތައް ޤާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމެކެވެ. އެނިންމެވުމުގެ ދަށުން މިއަދު އިއުލާނުކުރި ރަށްތަކަކީ މިހާތަނަށް އެޚިދުމަތް ނުފެށޭ އަތޮޅުތަކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement