ރާއްޖޭގެ ފަންނުވެރިންގެ ޓްރޭޑްމާކްތައް ހިމާޔަތްކުރާ ބިލެއް މަޖިލީހަށް ފުރަތަމަ ފަހަރަށް ހުށަހަޅައިފި
މެމްބަރު އަހުމަދު ޒާހިރު: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ފަންނުވެރިންގެ ޓްރޭޑްމާކްތައް ހިމާޔަތްކުރާ ބިލެއް މަޖިލީހަށް ފުރަތަމަ ފަހަރަށް ހުށަހަޅައިފި

5 hours ago - 15:40
Jul 14, 2025 - 15:46
Advertisement
Advertisement

ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ފަންނުވެރިންގެ ޓްރޭޑްމާކް ހިމާޔަތްކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ, އެބިލަށް މިއަދު ބަހުސްކުރަން ފަށައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިިރާގެ މެމްބަރު އަޙްމަދު ޒާހިރެވެ.

ބިލްގައި ބުނާގޮތުން ވިޔަފާރީގެ ނަމާއި ލޯގޯ އަދި ލޯގޯގެ ކުލަ އަދި އަކުރުތައް އެތުރިފައިވާ ތަރުތީބަކީވެސް ޓްރޭޑްމާކްގެ ގޮތުގައި ބެލެވޭނެއެވެ. މި ބިލަކީ ރާއްޖޭގައި މިފަދަ ޤާނޫނެއް ވުޖޫދުވެގެން އަންނަ ފުރަތަމަ ފަހަރުވެސް މެއެވެ.

ފަންނުވެރިންނާއި އުފެއްދުންތެރިންގެ ފިކުރީ މުދާ ހިމާޔަތް ކުރުމުގެ ގޮތުން ހުށަހެޅި  މި ބިލްގައި އުފެއްދުންތެރިންގެ ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމާއި, އެކަންކަމާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް އަދަބު ދިނުންވެސް ހިމެނިފައި ވެއެވެ. ޓްރޭޑް މާކެއްގެ ގޮތުގައި ޤާނޫނީ ގޮތުން ބެލެވޭނީ އޮންނަ އުސޫލުގެ ދަށުން ރަޖިސްޓްރީ ކުރުމުންނެވެ.

ބިލްގައި ޓްޜޭޑްމާކް މާނަކޮށްފައިވަނީ އެއްފަރާތެއްގެ މުދަލާއި އަނެއްފަރާތުގެ މުދާ ތަފާތުކޮށް ދެނެގަނެވޭނެ ނިޝާނެއްގެ ގޮތުގައެވެ.

Advertisement
Advertisement

ބިލް ޤާނޫނަކަށް ބަދަކުވެގެންދާއިރު ފަންނުވެރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑް މާކްތަކަށްވެސް ޤާނޫނުގެ ދަށުން ހިމާޔަތް ލިބޭގޮތަށް ފަރުމާ ކުރެވިފައވާ މި ބިލްގައި އެއްވައްތަރުގެ ޓްރޭޑްމާކް ތައް ހުއްޓުވޭނެ ޤާނޫނީ ފަރުވާވެސް ޤާނޫނުން ލިބިގެންދާނެއެވެ. އެގޮތުން އެހެން ބައެއްގެ މުދަލެއް, ނުވަތަ ނިޝާނެއް ރަމްޒުކޮށްދޭ އެއްވެސް އެއްޗެއް އަނެއް ފަރާތުން ޓްރޭޑްމާކް ރަޖިސްޓްރީ ކުރަން ހުށަހަޅާ ހުށަހެޅުމުގައި ވާނަމަ އެއީ ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމަށް އިއުތިރާޒް ކުރެވޭނެ ސަބަބެއްކަމަށް މި ބިލްގައި ބަޔާންކޮށްފައި ވެއެވެ.

މި ބިލްގެ ދަށުން ޓްރޭޑްމާކެއް ފުރަތަމަ ރަޖިސްޓްރީ ކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ޤާނޫނުގެ ދަށުން އެކުލަވާލާ ޤަވާއިދުގައި ކަނޑައެޅޭ ޝަރުތުތައް ފުރިހަމަވާ ފަރާތްތަތަކަށް މުއްދަތު ހަމަވުމުގެ ކުރިން ހުށަހެޅުމުން އިތުރު 10 އަހަރަށް ކަނޑައެޅޭ ފީއަކާއެކު މުއްދަތު އިތުރުކުރެވޭނެކަމަށްވެސް ބިލްގައި ބަޔާންކޮށްފައި ވެއެވެ.

މިގޮތުން މި ބިލްގެ ދަށުން ވުޖޫދުވާ ޤާނޫނުގެ ދަށުން ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމަށްއެދި ހުށަހަޅަންޖެހޭނީ ރަޖިސްޓްރަރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީސް (ފިކުރީ މުދާ ރަޖިސްޓްރީ ކޮށްދޭ ފަރާތް) އަށެވެ.

މީގެ އިތުރުން ކުރިން ރަޖިސްޓްރީކޮށްފައި ނެތްކަމުގައި ވީނަމަވެސް މަޝްހޫރު އެހެން ޓްރޭޑްމާކެއްގެ ސިފަތައް (ނިޝާން އާއި ނަން އަދި ލޯގޯ ފަދަ ތަކެތި) އެ ހުށަހެޅުމުގައި ވާނަމަ އެހުށަހެޅުމެއް އިއުތިރާޒް ކުރުމުގެ ފުރުޞަތުވެސް ކަމަށްވެސް ބިލްގެ ދަށުން ލިބިގެންވާކަމަށް  ބަޔާންކޮށްފައި ވެއެވެ.

ރަޖިސްޓްރީކޮށްފައިވާ މުދަލެއް ނުވަތަ ހިދުމަތެއް ނަކަލުކޮށްގެން ނުވަތަ ވަކި މުއްދަތެއްކަމަށް ދައްކައިގެން ވިއްކުމަކީ މި ބިލްގެ ޤާނޫނުގެ ދަށުން ޖިނާއީ ކުށެއްކަމަށް ބެލެވޭނެ ކަމެކެވެ. މީގެ އިތުރުން މުދަލެއްގެ މާކެއް ކައުންޓްފީޓް ކުރުމަކީވެސް މިބިލްގެ ދަށުން އުފެދޭ ޤާނޫނުގެ ދަށުން ޖިނާއީ ކުށެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން މި ބިލްގައި ބަޔާންކޮށްފައިވާ ކުށްތަކަށް އަދަބެއްގެ ގޮތުގައި 100,000 9 (އެއްލައްކަ) ރުފިޔާއާއި 2,000,000 (ދެ މިލިއަން ) ރުފިޔާއާ ދެމެދުގެ އަދަދަަކށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނަ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement