އުތުރާއި މެދުރާއްޖެއަށް އާންމު މިނަށްވުރެ ހޫނުގަދަވެއްޖެ؛ މާލެއާއި ހަނިމާދޫގެ ހޫނުމިން 37 ޑިގްރީއަށް

އުތުރާއި މެދުރާއްޖެއަށް އާންމު މިނަށްވުރެ ހޫނުގަދަވެއްޖެ؛ މާލެއާއި ހަނިމާދޫގެ ހޫނުމިން 37 ޑިގްރީއަށް

12 hours ago - 23:28
Advertisement
Advertisement

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މިއަދު އާންމު މިނަށްވުރެ ބޮޑަށް ހޫނުގަދަވި ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އެންމެ ހޫނުގަދަވި ކަމަށް ރެކޯޑު ކުރެވިފައިވަނީ ވެރިރަށް މާލެއާއި ހދ. ހަނިމާދޫއަށެވެ.

މިއަދުގެ ފިނިހޫނުމިން ހުރިގޮތަށް ބަލާއިރު، މާލެ ސަރަހައްދަށް މިއަދު ހެނދުނު 11:00 އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 37 ޑިގްރީ ސެލްޝިއަސްގައެވެ. ހދ. ހަނިމާދޫގައި ހެނދުނު 11:00 ޖެހިއިރު އިހުސާސް ކުރެވޭ ހޫނުމިން 34.5 ޑިގްރީގައި ހުރި ނަމަވެސް، މެންދުރުފަހު 14:00 އާ ހަމައަށް މި މިންވަރު ވަނީ 37.1 ޑިގްރީއަށް އުފުލިފައެވެ.


މޫސުމާއި ބެހޭ އިދާރާގެ މިންގަނޑުތަކަށް ބަލާއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން 37 ޑިގްރީއަށްވުރެ ދަށުގައި ހުންނަނަމަ އެއީ އާންމު ހާލަތެވެ. ނަމަވެސް 37 ޑިގްރީއާއި 37.9 ޑިގްރީއާ ދެމެދު ހުންނަނަމަ އެއީ އާންމު މިނަށްވުރެ ހޫނުގަދަވުން ކަމަށް ބަލައެވެ. އަދި 38 ޑިގްރީއަށްވުރެ މަތިވުމަކީ ހޫނުގަދަވުން ކަމަށާއި، 39 ޑިގްރީއަށްވުރެ މަތިވުމަކީ ވަރަށް ހޫނުގަދަވުން ކަމަށް އެ އިދާރާއިން ކަނޑައަޅާފައިވެއެވެ.


މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ، ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ. ޚާއްޞަކޮށް ހެނދުނު 10:00 އިން ހަވީރު 16:00 އާ ދެމެދު އަވީގައި އުޅޭއިރު ސަމާލުވުމަށާއި، ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ނުދިއުމަށް އެ އެޖެންސީން އިރުޝާދުދެއެވެ.


މީގެ އިތުރުން، ގިނަގިނައިން ފެން ބުއިމަށާއި، ތުނި ހެދުން ބޭނުންކުރުމަށާއި، ހިޔާ ސަރަހައްދުތައް އިޚްތިޔާރު ކުރުމަށް އެޗްޕީއޭއިން ބާރުއަޅައެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން ބަލި ހާލަތެއް ކުރިމަތިވެއްޖެނަމަ، ލަސްނުކޮށް ޞިއްޙީ އެހީތެރިކަން ހޯދުމަށްވެސް ވަނީ އެދިފައެވެ. މިގޮތުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން މިދުވަސްވަރު އިތުރަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement