
ފުލުހުން ޓޯކުރި 500 އަށްވުރެ ގިނަ އުޅަނދު ނައްތާލައިފި
ފުލުހުން ޓޯކުރި 500 އަށްވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.
ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ނައްތާލީ 568 އެއްގަމު އުޅަނދެވެ. އޭގެތެރޭގައި ހިމެނެނީ 534 ދެފުރޮޅުލީ އުޅަނދާއި, ހަތަރު ފުރޮޅުލީ 44 އުޅަނދެވެ. ފުލުހުން ވިދާޅުވީ ނައްތާލި އުޅަނދު ތަކަކީ ފުލުހުން ޓޯވކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތައް ކަމަށެވެ.
ގަވާއިދާ ހިލާފަށް, ޢާއްމުންނަށް ދަތިވާގޮތަށް ޕާރކްކޮށްފައި ހުންނަ އުޅަނދުތައް މިހާރުވެސް ފުލުހުން ޓޯކުރެވެއެވެ. ޚާއްޞަކޮށް ޢާއްމުން ގިނައިން ޚިދުމަތް ހޯދަން ދާ ތަންތަނުގައި އުނދަގޫ ވާގޮތަށް ބަހައްޓާފައި ހުންނަ އުޅަނދުތަކާއި, ޕާރކްކޮށް ގިނަ ދުވަސްވީ އުޅަނދުތައް ޓޯކުރެއެވެ. އެކަމަކު މިހާރު ސްޓިކާއެއް ނުޖަހައެވެ.
ރިއެކްޝަންސް






