ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫގައި އިފުތިތާހުކޮށްފި
ފޮޓޯ: މިހާރު

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫގައި އިފުތިތާހުކޮށްފި

3 hours ago - 11:08
Advertisement
Advertisement

ވިޔަފާރިތަކާއި ފަތުރުވެރިންގެ އިތުރުން އާންމު ރައްޔިތުންނަށް މާލީ މުއާމަލާތްތަކުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ރަސްމީކޮށް ރޭ އިފުތިތާހުކޮށްފިއެވެ.


ބީއެމްއެލްގެ 100 ޕަސެންޓު ދިވެހި އުފެއްދުމެއް ކަމަށްވާ "ސްވައިޕް" އިފުތިތާހު ކޮށްދެއްވީ އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަދި ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ. ހިތަދޫ ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތުގައި ބޭންކުގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.


މި ޖަލްސާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ، މި ޑިޖިޓަލް ވޮލެޓް އުފައްދާފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި ބައިނަލްއަގްވާމީ ޕޭމަންޓް ސްޓޭންޑާޑްތަކަށް ފުރިހަމައަށް ފައްތައިގެން ކަމަށެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ބީއެމްއެލް ވުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.


"ސްވައިޕް" މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް އެ މީހުންގެ މަލްޓި ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަނެވޭއިރު، ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. މީގެ އިތުރުން ބީއެމްއެލް އެކައުންޓުތަކަށް ފައިސާ ފޮނުވުމާއި ފައިސާ ނެގުމުގެ ހިދުމަތް ވެސް މި ވޮލެޓުން ލިބޭނެއެވެ.

Advertisement
Advertisement


މި ވޮލެޓުގެ އެންމެ ބޮޑު އެއް ފަސޭހައަކީ، ވިޔަފާރިތަކަށް ފައިސާ ދެއްކުމުން ބަންދު ދުވަހެއް ކަމަށް ވިޔަސް ވަގުތުން އެ ފައިސާ ވިޔަފާރި އެކައުންޓަށް ޖަމާވުމެވެ. މީގެ އިތުރުން، ސްވައިޕަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ރަސްމީ ވޮލެޓުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެހެން ވޮލެޓުތަކުން 2.5 ޕަސެންޓަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް، ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ނަގާނީ އެންމެ 1 ޕަސެންޓުގެ ފީއެކެވެ.


ރާއްޖެއިން ބޭރުން ފައިސާ ގެނައުމުގައި ވެސް ސްވައިޕް ބޮޑެތި ލުއިތަކެއް ހޯދައިދެއެވެ. ޕޭޕަލް ނުވަތަ ވައިސް ފަދަ ވަސީލަތްތަކުން ބޮޑެތި ޗާޖުތަކެއް (ބައެއް ފަހަރު 100 ޑޮލަރަށް 15 ޑޮލަރު) ނެގި ނަމަވެސް، ސްވައިޕްގެ ޕާސަނަލް ވޮލެޓަށް ރާއްޖެއިން ބޭރުން ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެއެވެ. މިއީ ފްރީލާންސަރުންނާއި އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. 


އެމްޑީ ޝަރީފް އިތުރަށް ވިދާޅުވީ، ޓޫރިސްޓުންނަށް ހާއްސަކޮށް މި ހިދުމަތް ތައާރަފުކުރީ ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ޓޫރިޒަމެއް އޮންނައިރު، އެ ފެންވަރުގެ މާލީ އުފެއްދުންތައް ވެސް ރާއްޖޭގައި ހުރުން މުހިންމު ކަމަށް ބޭންކުން ދެކޭތީ ކަމަށެވެ.                  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement