ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

2 hours ago - 11:57
Advertisement
Advertisement

ހދ. ކުޅުދުއްފުށީގައި އިމާރާތްކުރަން ފެށުމަށްފަހު މަސައްކަތް ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އެ ރަށުގައި އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނެފިއެވެ.


އެޗް.ޑީ.ސީ އިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަލުން ފެށުމަށްޓަކައި ބޭނުންވާ މެޝިނަރީޒް އާއި ތަކެތި މިހާރު ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މި ބިޔަ މަޝްރޫޢަކީ 11 ފަންގިފިލާގެ 12 ޓަވަރު ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ނަމަވެސް، މަސައްކަތް ކުރިއަށް ގޮސްފައިވަނީ ވަރަށް މަޑުމަޑުންނެވެ. މިހާތަނަށް ނިމިފައިވަނީ މުޅި މަޝްރޫޢުގެ އެންމެ 18 އިންސައްތަ މަސައްކަތެވެ. އޭގެ ތެރޭގައި ހިމެނެނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން އެޅުމާއި ބައެއް ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. އެ މަސައްކަތްތަކަށްފަހު މަޝްރޫޢު އޮތީ މުޅިން ހުއްޓިފައެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢަކީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

Advertisement
Advertisement


ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި މަޝްރޫޢަށް ޖުމްލަ 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. މި މަސައްކަތް އަލުން ފެށުމާއެކު، ކުޅުދުއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.                

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement