މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފި

މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފި

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފަ

8 months ago - 17:46
Jan 28, 2024 - 18:09
Advertisement

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެއި ނައިބު އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފައެވެ.

މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން މަސައްކަތްކޮށްފައެވެ.

ހަތަރު ވަޒީރަކަށް ރުހުންނުދޭން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމުމާ އެކު ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ވަނީ ޖަލްސާއަށް ހުރަސްއަޅައި، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަނުދީ ހިފަހައްޓައިފައެވެ.

މައްސަލަ ހޫނުވެ، މަޖިލީހުގެ ތަޅުމުގައި ވަނީ ހަމަނުޖެހުން ހިނގައި، މާރާމާރީ ވެސް ހިންގައިފައެވެ.

Advertisement

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީން ވަނީ އެ މައްސަލައިގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފައެވެ.

އެ ކޯލިޝަނުން ވަނީ އަސްލަމް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް މިއަދު ވަނީ ހުށަހަޅައިފައެވެ. އެ މައްސަލައިގައި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން، އެމްޑީއޭއާއި އެމްއެންޕީގެ މެންބަރުން ވެސް ވަނީ ސޮއިކުރައްވައިފައެވެ.

ތަފުސީލު އަންނަނީ.......

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement