ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި
ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު / ފޮޓޯ: ހައިކޯޓް

ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

16 hours ago - 11:36
Mar 18, 2025 - 18:06
Advertisement
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަނުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

އެ ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަނުކުރަން ޖޭއެސްސީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާއަރުވާފައެވެ.

ޝަހީދު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ރައީސް މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އޭގެ ފަހުގައި، ޝަހީދުގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނއްވާ ކަމަށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.

ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވަނީ އެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ދެވަނަ ފަހަރަށް ހުޅުވާލުމުންނެވެ. މި މަގާމަށް ދެން ކުރިމަތިލީ ސިވިލް ކޯޓުގެ ޤާޟީކަން ކުރިން ކުރައްވާފައިވާ މަރްޔަމް ނިހާޔަތާއި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.

Advertisement
Advertisement

ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހޯދުމަށް އިއުލާނުކޮށްފައިވަނީ އޭސީސީން ބަލަމުން ދިޔަ މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމުމާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަހީދަކީ ހައި ކޯޓުގެ ފަނޑިޔާރުކަން 7 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރައްވާފައެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ރައީސް ފޮނުއްވާ ނަން މަޖިލީހުން ފާސްކުރުމުން، 7 ދުވަހުގެ ތެރޭގައި އެ ބޭފުޅަކު ރައީސް އައްޔަންކުރައްވަން ޖެހެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement