ނޯޓިސް ފޮނުވާތާ 3 ދުވަސްތެރޭގައި މަޖިލިހަށް ހާޒިރުވާން ޖެހޭގޮތަށް ފާސްކޮށްފި
ރައްޔިތުންގެ މަޖިލިހުގެ ޖަލަސާއެއް ކުރިއަށް ދަނީ / ފޮޓޯ: މަޖިލިސް

ނޯޓިސް ފޮނުވާތާ 3 ދުވަސްތެރޭގައި މަޖިލިހަށް ހާޒިރުވާން ޖެހޭގޮތަށް ފާސްކޮށްފި

1 year ago - 12:12
Mar 18, 2025 - 18:06
Advertisement
Advertisement

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރުމަށް ދޭ މުއްދަތު ތިން ދުވަހަށް ކުރުކުރުމަށް ހުށަހެޅުނު އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީރު ހުށަހެޅުއްވި މި އިސްލާހުގެ ދަށުން، ކުރިން ބަންދު ދުވަސްތައް ނުހިމަނައި ފަސް ދުވަހުގެ މުއްދަތު ދެވެމުން އައި ގޮތް ބަދަލުކޮށް، ބަންދު ދުވަސްތައް ހިމަނައިގެން ތިން ދުވަހުގެ މުއްދަތަށް ކުރުކުރުމަށް ވަނީ ނިންމާފައެވެ.

މިއަދުގެ ތަޅަމަށް ހުށަހެޅުނު މަޖިލީހުގެ އާންމު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި އިޞްލާޙުގެ ސަބަބުން ކޮމިޓީތަކުގެ މަސައްކަތް އަވަސްވެ، މުހިންމު ނިންމުންތައް ނިންމުން އަވަސްވެގެންދާނެއެވެ. އަދި ކޮމިޓީތަކަށް މަޢުލޫމާތު ހޯދުމާއި ފަރާތްތައް ހާޒިރުކުރުން ފަސޭހަވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލިހުގެ ތަޅުމުގައި މިއަދު ވާހަކަ ދެއްކެވި ގިނަމެމްބަރުން ވެސް ފާހަގަކުރެއްވި ގޮތުގައި މިއިސްލާހަކީ މިހިނދަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އިސްލާކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement