
ސޭޓަށް ބިރުދައްކައި ފޭރުނީ ރޯމާދުވާލު، ފުލުހުން މައްސަލަ ބަލަންފަށައިފި
ފިހާރައެއްގެ ސޭޓަކަށް ބިރުދައްކައި ފޭރުނު މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ހެނދުނު 9:35 ހާއިރު މާލޭ މާފަންނުގައި ހުންނަ ފިހާރައަކަށް ދެ މީހަކު ވަދެ، އެތަނުގެ ސޭޓަކަށް އިން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރުދައްކައި ފޭރުނު މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ފޭރުނު ތަކެތީގެ ތެރޭގައި ފައިސާއާއި ސިނގިރޭޓު އަދި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






