ފަހު 10 ގައިވެސް އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ލިބޭނެ
އިކޮނޮމިކް މިނިސްޓްރީ

ފަހު 10 ގައިވެސް އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ލިބޭނެ

1 year ago - 15:05
Mar 18, 2025 - 16:29
Advertisement
Advertisement

މި ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދުގައި ވިޔަސް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޚިދުމަތްތައް ދެމުންގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ.  

އެ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ މި މުއްދަތުގައި ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރެވޭނީ، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށް ކަމަށެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ވަންގަވްގެ ލައިވް ޗެޓް ނުވަތަ ކޮންޓެކްޓް ސެންޓަރ 1500 އަށް ގުޅުމަށާއި، ފޮރިން އިންވެސްޓްމަންޓާ ބެހޭ މަޢުލޫމާތު ހޯދުމަށް ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށް 3333181 ނުވަތަ 3333182 އަށް ގުޅުމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އޮންލައިން މީޓިންގ އިންތިޒާމް ހަމަޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުވީ ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސީސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމްތަކެއް އެ ދުވަސްތަކަށް ވެސް ސަރުކާރުން ވަނީ ހަމަޖައްސަވައި ދެއްވާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement