ރައީސްގެ ޕޯލް: ގިނަމީހުންގެ ތާޢީދު 2000 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ސިގިރޭޓް މަނާކުރުމަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ޕޯލް: ގިނަމީހުންގެ ތާޢީދު 2000 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ސިގިރޭޓް މަނާކުރުމަށް

7 days ago - 16:31
Apr 8, 2025 - 17:33
Advertisement
Advertisement

ރާއްޖޭގައި ދުންފަތް މަނާކުރަންވީ އުމުރަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވާލެއްވި ޕޯލަށް ވޯޓްދިން ގިނަމީހުން 2000 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ސިގިރޭޓް މަނާކުރުމަށް ތާއީދުކޮށްފިއެވެ.

ރައީސް މުޢިއްޒުގެ އެކްސް އެކައުންޓްގައި ހުޅުވާލެވުނު މި ޕޯލަށް 5,500 އަށްވުރެ ގިނަ މީހުން ވޯޓުދީފައިވެއެވެ. އޭގެ ތެރެއިން 51.1 އިންސައްތަ މީހުން ވޯޓުދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތް މަނާކުރުމަށެވެ.

އެމަނިކުފާނުގެ ޕޯލް ގައި ވިދާޅުވީ ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލާއި އަންނަން އޮތް ޖީލު ސަލާމަތް ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ދުންފަތް މަނާ އުމުރެއް ރާއްޖޭގައި ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށާއި، އެކަމަށް ރައްޔިތުން ހިޔާލު ދެއްވުމަށް އެދި ވަޑައި ގަންނަވާ ކަމަށެވެ.

ރައީސްގެ ޕޯލްގައި ހިމަނާފައިވާ ތިން އުމުރުފުރާ އަދި އާއްމުން ވޯޓްދީފައިވާގޮތް:

Advertisement
Advertisement
  • ޖަނަވަރީ 1, 2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށް %40.8 މީހުން
  • ޖަނަވަރީ 1, 2004 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށް %8.2 މީހުން
  • ޖަނަވަރީ 1, 2000 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށް %51.1 މީހުން

ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލާއި އަންނަން އޮތް ޖީލު ސަލާމަތްކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕް ކުރުންވެސް މަނާކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement