ހޫތީންގެ ފަރާތުން ޔަމަނުން އަންނަ ހަމަލާތަކަށް އީރާނު ޒިންމާދާރުކުރުވާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ޓްރަމްޕް

ހޫތީންގެ ފަރާތުން ޔަމަނުން އަންނަ ހަމަލާތަކަށް އީރާނު ޒިންމާދާރުކުރުވާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

ހުތީންނާ ދެކޮޅަށް އެންމެ ނުރައްކާތެރި ބާރުގެ ބޭނުންކުރާނެ ކަމަށް އެމެރިކާއިން ވަނީ ވައުދުވެފައި

19 hours ago - 02:43
Mar 18, 2025 - 02:44

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދީފިއެވެ. އެމެރިކާއިންވަނީ ޔަމަނުގެ ހޫތީންގެ ފަރާތުން އެއްވެސް ހަމަލާއެއް ކުރިމަތިވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އީރާނުންކަމަށް ބުނެފައެވެ. އެމެރިކާއިން އަންނަނީ ހޫތީން ހުއްޓުވުމަށް އިރާނުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

އެމެރިކާގެ ރައީސްގެ އިންޒާރު އީރާނަށް ފޮނުވާފައިވަނީ ޓްރަމްޕްގެ މީސްމީޑިއާ މަންސަ ޓްރުތް ސޯޝަލް މެދުވެރިކޮށް ހޯމަ ދުވަހުއެވެ. އެ ޕޯސްޓުގައި ޓްރަމްޕްގެ ނަމާއި ސޮއިވެސް ކޮށްފައިވެއެވެ.

"އެއްވެސް މީހަކު މިކަން ސަމާސާއަކަށް ނުހަދާތި. ހޫތީން އެތައްސަތޭކަ ހަމަލާތަކެއްދީދި. ނުބައި ނުލަފާ ތަގުން ތިބެނީ ޔަމަނުގަ. އެކަމަކު ޔަމަނު މީހުންވެސް އެމީހުންދެކެ ރުޅިއާދޭ. ހުތީންނަކީ އީރާނުން އުފައްދައިގެން އުޅޭ ބައެއް" ޓްރަމްޕް ލިޔެފައި ވެއެވެ.

ޓްރަމްޕް ބުނެފައިވަނީ ރައްދު ދިނުމުގެ ގޮތުންވިއަސް ހޫތީން ހަމަލާއެއް ދީފިނަމަ އެމީހުންނާ ދެކޮޅަށް އިންތިހާއަށް ބާރުގެ ބޭނުންކުރާނެ ކަމަށެވެ. އަދި އޭނާއަށް އެ ބާރު ހުއްޓުވޭނެ ކަމުގެ ގެރެންޓީއެއްވެސް ނެތް ކަމުގައެވެ.

Advertisement
Advertisement

އިޒްރާއިލްއިން ޣައްޒާގައި 2023 ވަނަ އަހަރު ޤަތުލްއާންމު ހިންގަންފެށުމާއެކު ހޫތީންވަނީ ރަތްކަނޑުގައި އިޒްރާއިލްގެ ކަނޑުބޯޓްތަކާ ދެކޮޅާށް ގިނަ ހަމަލާތަކެއް ދީފައެވެ. ހޫތީން ބުނެފައިވަނީ އެއީ އިޒްރާއިލްއިން ޣައްޒާގައި ހިންގާ ޤަތުލްއާންމާ ދެކޮޅު ހެދުމުގެ ގޮތުންނާއި ފަލަޞްޠީނަށް ވާގިވެރު ވުމުގެ ގޮތުން ހިންގަންފެށި އޮޕަރޭޝަނެއް ކަމުގައެވެ.

އެމެރިކާއިން އީރާނަށް އިންޒާރުދީފައި ވާއިރު އެމެރިކާއިން އަންނަނީ ހޫތީންނާ ދެކޮޅަށް ކަމަށްބުނެ ޔަމަނުގެ އެކި ސަރަޙައްދުތަކަށް ބޮންއަޅަމުންނެވެ. ޔަމަނުގެ ސަނާގެ އާންމުން އުޅޭ ސަރަޙައްދުތަކަށް ބޮންއަޅާ އާންމުންވެސް މަރާފައިވާއިރު ހޮނިހިރު ދުވަހުން ފެށިގެން އެމެރިކާއިން ވަނީ ޔަމަނަށް 47 ވައިގެ ހަމަލާ ދީފައެވެ. ހަމަލާތަކުގައި މިހާތަނަށް 53 މީހަކު ވަނީ މަރުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow