މަސްދުވަސް ތެރޭގައި އިޒްރާލްއިން ޣައްޒާގައި 2000 މީހުން ޝަހީދުކޮށްލި, އިއްޔެ އެކަނިވެސް 60 މަރު
ޖަނާޒާއަށް ތައްޔާރުވެފައިވާ ހަށިތައް ކައިރީ ޣައްޒާގެ އާއިލާގެ މެމްބަރުން ހިތާމައިގައި. ފޮޓޯ: އޭޕީ

މަސްދުވަސް ތެރޭގައި އިޒްރާލްއިން ޣައްޒާގައި 2000 މީހުން ޝަހީދުކޮށްލި, އިއްޔެ އެކަނިވެސް 60 މަރު

10 hours ago - 13:39
Apr 25, 2025 - 15:35

އިޒްރާއިލްއިން ހަމާސްއާ އެކު ހެދި ހަމަލާތައް މެދުކަނޑާލުމާ ގުޅޭ އެއްބަސްވުން އުވާލާ މާރިޗު 18 ގައި އަލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް 2000 ހެއްހާ މީހުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. އޭގެ ތެރެއިން 600 އަކީ ކުޑަކުދިން ކަމުގައި ބައެއް ރިޕޯޓްތައް ބުނެއެވެ.

ހަމަލާތައް އަލުން ފެށިފަހުން 5,207 މީހުން ޒަޙަމް ވެފައިވާއިރު ޣައްޒާގެ ހޮސްޕިޓަލްތަކުގައި ސިރިއަސް ޒަހަމްތަކަށް ފަރުވާދެވޭނެ ގޮތެއްނެތެވެ. ވަރަށް އާދައިގެ ސިއްޙީ ސާމާނުވެސް ޣައްޒާގެ ހޮސްޕިޓަލްތަކުން ވަނީ ހުސްވެފައެވެ.

އިޒްރާއިލްގެ ހަމަލާތަކުގައި ބުރާސްފަތި ދުވަހު އެކަނިވެސް ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުން 60 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އިޒްރާއިލްއިން ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނައިރު އެންމެ ބޮޑަށް ހަމަލާދެނީ ފަތިސް ވަގުތާ ދިމާކޮށެވެ.

އިޒްރާއިލްއިން ޙާއްސަގޮތެއްގައި އަންނަނީ އާއިލާތައް އެއްކޮށް ނައްތާލަމުންނެވެ. މިހާތަނަށް ޣައްޒާގެ 1500 އާއިލާގެ ހުރިހާ މެމްބަރުން އެއްކޮށް ވަނީ ޝަހީދުކޮށްލާފައެވެ. އިއްޔެ އުތުރު ޣައްޒާގެ ޖަބާލިއާގައި ދިން ހަމަލާއެއްގައިވެސް އެއް އާއިލާއެއްގެ 12 މެމްބަރުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ މަދަނީ ދިފާއުން މައުލޫމާތު ދީފައިވެއެވެ.

Advertisement
Advertisement

ޣައްޒާގައި އިޒްރާއިލްއިން ހިންގަމުން ގެންދާ ޤަތުލްއާންމާއި ނަޞްލު ނައްތާލުމުގެ ހަނގުރާމައިގައި ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި މިހާތަނަށް 51,355 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޣައްޒާގެ ސަރުކާރުގެ މީޑިއާ އިން ހާމަކުރި ގޮތުގައި އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ މީހުންނާއެކު އެ އަދަދު ވަނީ 61,700 އަށް އަރާފައެވެ.

އިޒްރާއިލް އިން މިހާރު އަންނަނީ  ކުރިން ބޭނުންކުރަމުން އަންނަ ބޮންތަކަށް ބުރެ ހަތަރުގުނަ ބާރުގަދަ ބޮން ހަމަލާތަކުގައި ބޭނުންކުރަމުންނެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މިއީ އެއް ހަމަލާއެއްގައި ވީހާވެސް ގިނަ މީހުން މެރުމުގެ ގަސްތުގައި އިޒްރާއިލްއިން ބޭނުންކުރަން ފަށާފައިވާ އުކުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow