ފުލުހުން ބަލާ މައްސަލަތަކުގެ މަޢުލޫމާތު ހިއްސާކުރުން އަވަސްކުރަންޖެހޭ: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ފުލުހުން ބަލާ މައްސަލަތަކުގެ މަޢުލޫމާތު ހިއްސާކުރުން އަވަސްކުރަންޖެހޭ: ރައީސް މުޢިއްޒު

2 months ago - 22:51
Apr 24, 2025 - 23:03
Advertisement
Advertisement

ފުލުހުން ތަޙުޤީޤުކުރާ މައްސަލަތަކުގެ މަޢުލޫމާތު ރައްޔިތުންނާ ވަގުތުން ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. 

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އަދި މަޢުލޫމާތު ހިއްސާކުރުމުން މުއައްސަސާއަށް އިތުބާރު އިތުރުވެ، ރައްޔިތުންނާ ގާތްވާނެ ކަމަށެވެ. މައްސަލައެއް ބަލަން ފެށުމާއެކު ވަގުތުން އެކަން ހާމަކުރުމުން ފުލުހުންގެ ޕްރޮފެޝަނަލް މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތެދު މަޢުލޫމާތު އަވަހަށް ފޯރުކޮށްދިނުމަކީ ދޮގު ޚަބަރު ފަތުރާ ފަރާތްތަކަށް އެޅޭނެ ހުރަހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުލުހުން ރައްޔިތުންނަށް ދޮގު ނުހަދާނެ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި ފުލުހުންގެ ޚިދުމަތަކީ ތެދުވެރި، އަމާނާތްތެރި އަދި އިޚްލާސްތެރި ޚިދުމަތަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ގެއެއްގެ 9 ވަނަ ފަންގިފިލާއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގައި ނުފޫޒުގަދަ ބައެއްގެ ދަރިންތަކެއްގެ ބައިވެރިވުން އޮތްކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ތަހުގީގު ވަކިގޮތަކަށް ގެންދަން އުޅޭ ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް އާއްމުންގެ ފާޑުކިއުންތަކެއް އަމާޒުވަމުންދާ  ދަނޑިވަޅެއްގައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ވަނީ ޕްރެސްކޮންފަރެންސެއް ބާއްވާ މި ހާދިސާ ހިނގާދިޔަގޮތުގެ ވީޑިއޯ ފުޓޭޖުދައްކާ ކަންތައް ހިނގާދިޔަގޮތް ކިޔައިދެއްވާފައެވެ. ހަމަ މިއާއިއެކު މި މައްސަލާގައި ސާމިލްވާ މީހުންގެ ވަނަވަރު ހާމަކުރައްވާފައެވެ. އަދި މި ހާދިސާގައި އަންހެން ކުއްޖާ އާއި އެކު އެގެއަށް ވަން ގ.އެރިއަދޫ 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފައެވެ.   

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement