އޭ.އެމް.އާރް އާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭނަކީ، ޒިންމާތައް ހިއްސާކުރުމުގެ ނަމޫނާއެއް- މެޑަމް ސާޖިދާ
އޭއެމްއާރު އާ ގުޅޭ އެކްޝަން ޕލްޭ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުަގައި މެޑަމް ސާޖިދާ ވާހަކަ ދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

އޭ.އެމް.އާރް އާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭނަކީ، ޒިންމާތައް ހިއްސާކުރުމުގެ ނަމޫނާއެއް- މެޑަމް ސާޖިދާ

14 hours ago - 17:04
Dec 4, 2024 - 17:04
Advertisement
Advertisement

އެންޓި މައިކްރޯބިއަލް ރެސިސްޓަންސް (އޭ.އެމް.އާރް)އާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭނަކީ، ޒިންމާތައް ހިއްސާކުރުމުގެ ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، އެންޓި މައިކްރޯބިއަލް ރެސިސްޓަންސާ ގުޅޭ ޤައުމީ އެކްޝަން ޕްލޭން (އޭ.އެމް.އާރް) 2024-2029 އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެ އެކްޝަން ޕްލޭނަށް ބޭނުންވާ އެއްބާރުލުން އެކި ދާއިރާތަކުން ދީފައިވަނީ، ޤައުމީ ވިލުންތެރިކަމަށްޓަކައި އެ އެއްބާރުލުން ބޭނުންވާ ބީދައިން ކަމަށެވެ.

މިއަދު އިފްތިތާޙުކުރި ޤައުމީ އެކްޝަން ޕްލޭންގައި "ވަން ހެލްތު އެޕްރޯޗް" ހިމަނާފައިވާކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ، މި ޕްލޭންގެ ދަށުން އޭ.އެމް.އާރް ގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި ސިއްޙީ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި ތިމާވެށި މެނޭޖްކުރުމުގެ ދާއިރާއަށް، ގުޅިގެން މަސައްކަތްކުރެވޭނޭކަން ޔަޤީންކޮށްދީފައިވާކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ސަލާމަތަށްވެސް އޭ.އެމް.އާރްގެ އަސަރުކުރާނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމާއި އެކުއަކަލްޗަރގައި ނަހަމަގޮތުގައި އެންޓިމައިކްރޯބިއަލްސް ބޭނުންކުރާނަމަ، ކާބޯތަކެތީގެ ތެރެއަށް ރެސިސްޓަންޓް ބެކްޓީރިޔާ ވަދެ، ޢާންމު ސިއްޙަތާއި ދުޅަހެޔޮކަމަށް ނުރައްކާވުން އެކަށީގެންވާކަންވެސް ފާހަގަކުރެއްވިއެވެ.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އޭ.އެމް.އާރްގެ މައްސަލަ ޙައްލުކުރުމަކީ ހަމައެކަނި ޢާންމު ސިއްޙަތަށްޓަކައި ކުރާ ކަމެއް ނޫންކަމަށެވެ. އެއީ އިޤްތިޞާދީގޮތުންވެސް ކުރުން ލާޒިމުކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. މި މަސައްކަތުގައި ހިއްސާވާ ހުރިހާ ފަރާތްތަކުން ގުޅުންތައް ޤާއިމުކޮށް، ޢިލްމާއި ވަޞީލަތްތައް ހިއްޞާކޮށް، އީޖާދީ މަސައްކަތްތަކަށް ހިތްވަރުދީގެން މެނުވީ، "ވަން ހެލްތު އެޕްރޯޗް" ކާމިޔާބު ކަމާއެކު ތަންފީޒު ނުކުރެވޭނޭކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، 2024 އިން 2029 އަށް ކަނޑައެޅި ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އެން.އޭ.ޕީ އޭ.އެމް.އާރް) ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. ކުރިން މިރޮނގުން ކޮށްފައިވާ މަސައްކްތަކަށް ބާރުދޭގޮތަށް ފަރުމާކޮށްފައިވާ މި ޕްލޭން އެކުލަވާލާފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ގްލޯބަލް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި ޕްލޭންގެ ދަށުން، ހިންގުން ހަރުދަނާކޮށްގެންނާއި، ޤަވާއިދުތައް ހަރުދަނާކޮށްގެންނާއި، ވިލަރެސްކުރާނޭ ނިޒާމުތައް ޤާއިމުކޮށްގެން، ޖަވާބުދާރީވެވޭނޭ ފަދަ ގޮތަކަށް، އެންޓިމައިކްރޯބިއަލް ރެސިސްޓަންސްގައި ހުރި މައްސަލަތަކަށް ޙައްލު ހޯދަން މަސައްކަތްކުރެވޭނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement