ކަސްޓަމްސްއިން މިލިއަނެއްހާ ސިނގިރޭޓް ނައްތާލައިފި
ކަސްޓަމްސްއިން ނައްތާލި ސިގިރޭޓްސް / ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްއިން މިލިއަނެއްހާ ސިނގިރޭޓް ނައްތާލައިފި

12 months ago - 21:10
Apr 24, 2025 - 21:15
Advertisement
Advertisement

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގާތްގަނޑަކަށް 1.3 މިލިއަން ސިނގިރޭޓް ނައްތާލާފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެކްސް މެދުވެރިކޮށް ކަސްޓަމްއިން އާންމުކުރި ޕޯސްޓެއްގައެވެ. ސިނގިރޭޓްތައް ނައްތާލީ ކ. ކާށިދޫގައި ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ނައްތާލެވުނު ސިނގިރޭޓްތަކަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރެއިން އެއިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތި ކަމަށް ވިދާޅުވިއެވެ.

މީގެ ހަތަރު ދުވަސް ކުރިން ވެސް ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ލައްކައަކަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ. އަދި ދާދިފަހުން ވެލާނާ އެއާޕޯޓުން ޤަވާއިދާއި ޚިލާފަށް ބޭރުކުރަން އުޅުނު ސިގިރޭޓް ކާޓޫނުތަކެއްވެސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި ސިނގިރޭޓްތައް ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުންކަމަށް،  ކަސްޓަމްސްއިން ވިދާޅުވިއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގެ އުސޫލުތަކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement