ސަރުކާރުން ދޭ ހަނޑުލާއި ފުށް ބޭނުންވާ މީހުން ރަޖިސްޓްރީވާން ހުޅުވާލަނީ

ސަރުކާރުން ދޭ ހަނޑުލާއި ފުށް ބޭނުންވާ މީހުން ރަޖިސްޓްރީވާން ހުޅުވާލަނީ

ސަރުކާރުން ދޭ ހަނޑުލާއި ފުށް ބޭނުންވާ މީހުން ރަޖިސްޓްރީވާން އަންނަ ހަފްތާގައި ހުޅުވާލަނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި

6 months ago - 06:41
Feb 10, 2024 - 12:02
Advertisement

ސަރުކާރުން ދޭ ހަނޑުލާއި ފުށް ބޭނުންވާ މީހުން ރަޖިސްޓްރީވާން އަންނަ ހަފްތާގައި ހުޅުވާލަނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައި ވާތީ މާލޭ ސަަރަހައްދުން އެ ތަކެތި ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވާން އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

Advertisement

މިކަމާ ގުޅޭ އިއުލާނެއް ކައުންސިލުން އިއްޔެ ކުރި އެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ހަމަޖައްސާފައިވާ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަންނޯޓު ކުރުމަށް ވެސް އެ އެއިއުލާނުގައި އެދިފައިވެ އެވެ.

ނަން ނޯޓުކުރުމަށް އޮންލައިން ފޯމަކާ އެކު ކުރި އިއުލާނު ހަމަ އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ.

Advertisement

ކައުންސިލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއުލާން ބާތިލްކުރީ، ހަނޑުލާއި ފުށް ބޭނުންވާ މީހުން ނަން ނޯޓު ކުރަން ހާއްސަ ޕޯޓަލެއް ހަދާތީ ކަމަށެވެ. އޭގައި ރަޖިސްޓްރީކުރަން އަންނަ ހޯމަ ދުވަހު އަނެއްކާ ވެސް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement