މަޑިވަރު ފިނޮޅު ރަސްދޫ ރައްޔިތުންގެ ބޭނުންތަކަށް ތަރައްޤީ ކުރަނީ
ރައީސް މުއިއްޒު ރަސްދޫގައި ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

މަޑިވަރު ފިނޮޅު ރަސްދޫ ރައްޔިތުންގެ ބޭނުންތަކަށް ތަރައްޤީ ކުރަނީ

5 hours ago - 08:55
Aug 21, 2025 - 08:56
Advertisement
Advertisement

މަޑިވަރު ފިނޮޅު ރަސްދޫ ރައްޔިތުންގެ ބޭނުންތަކަށް ތަރައްޤީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. މަޑިވަރު ފިނޮޅު ރަސްދޫ ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރެވޭ ގޮތް ހެދުމަކީ ރައީސް ޑރ.މުއިއްޒުގެ ވައުދެކެވެ.

އއ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރަސްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެކަމަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވީ ލޯކަލް ޓޫރިޒަމް އާއި ރައްޔިތުންގެ ބޭނުންތަކަށްވެސް ބޭނުންކުރަން އޮތް މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ އެފިނޮޅަކީ ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް އޮންނަ ތަނަކަށް ހަދައިދޭނެ ކަމަށެވެ. އެވައުދު ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެކަމަކީ ރަސްދޫ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދަވާނެ މަޝްރޫއެއް ކަމަށެވެ. އެގޮތުން އެތަނުގެ ވަށައިގެން ޖިއޯބޭގްސް ޖަހާ އެތަނަށް ވެލި އަރާގޮތަށް ތަރައްޤީކޮށްދީ ލޯކަލް ޓޫރިޒަމްގެ ބޭނުމާއި ޕިކްނިކް ދިއުމާ ހުރިހާ ކަމެއްގައި ބޭނުންކުރެވޭ ގޮތަށް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"ވަރަށް އިސްކަމެއް ދީގެން 'ހައި ޕްރިއޮރިޓީ' މަޝްރޫއެއް ގޮތުގައި އިރާދަކުރެއްވިއްޔާ އެފިނޮޅުގެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން." ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

މީގެއިތުރުން ރަސްދޫ ފަޅުތެރެއިން ރަށުގެ ބައެއްގެ ގޮތުގައި ގަރާރަކުން ކަނޑައަޅާފަ އޮތް 200 ހެކްޓަރުގެބިން ހިއްކައިދޭނެ ކަމަށް ވިދާޅުވިއެވެ. ބިން ހިއްކުމުގެ އިތުރު މަޝްރޫއެއްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވިއެވެ, ނަމަވެސް އެއީ 200 ހެކްޓަރު ހިއްކުމުގެ މަޝްރޫއާ ބަނދަރު މަޝްރޫއުގެ ފަހުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement