
މާޅޮހުގައި މީހަކު މަރާލި މައްސަލައިގެ ތުހުމަތަށް 3 މީހަކު ހައްޔަރުކޮށްފި
މާޅޮހުގައި މީހަކު މަރާލި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ހަމައެކަނި ވިދާޅުވީ "އަބްދުއްރަޙްމާން އާދަމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައި." ކަމަށެވެ.
ފުލުހުން ވިދާޅުވީ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ. މާޅޮސް އޯކިޑްމާގެ 65 އަހަރުގެ އަބްދުއްރަހުމާނު އާދަމް މަރާލީ ޖުލައި 12 ވަނަ ދުވަހުގެރޭ ނިދާފައި އޮއްވާ ބޮލަށް ބޮޑަތި ޒަޚަމްތަކެއް ދީގެންނެވެ. ފުލުހުންގެ ތަހުގީގު ޓީމް އެރަށުގައި އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އަބްދުއްރަހުމާނު މަރުވީ ދީފައިވާ ބޮޑަތި ޒަޚަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދަނިކޮށެވެ. މަރުވި ސަބަބު ދެނަގަތުމަށް އަބްދުއްރަހުމާނުގެ ޕޯސްޓްމޯޓަންވެސް ހެދިއެވެ.
ރިއެކްޝަންސް






