ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުވައިދެއްވައިފި
މައުރަޒު ހުޅުއްވައި ދެއްވުމަށްފަހު މައުރަޒުގައިި ހުރިބައެއް ތަކެތި ރައީސް ބައްލަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުވައިދެއްވައިފި

11 months ago - 22:39
May 23, 2025 - 23:11
Advertisement
Advertisement

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީކޮށް ހުޅުވައުދެއްވައިފިއެވެ.

9 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެންމެ ގިނައިން ތަކެތި ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.

މައުރަޒުގައި އުފެއްދުންތެރި އިޤްތިޞާދީ، ޑިޖިޓަލް އަދި އީޖާދީ، މުނިފޫހިފިލުވުމުގެ އަދި ބާޒާރު ޑިސްޓްރިކްޓްގެ ނަމުގައި ޚާއްސަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. ރައީސްގެ ދެކަނބަލުން ވަނީ މި ހުރިހާ ޑިސްޓްރިކްޓަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.

މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 11 އަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ. މި މައުރަޒުން ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އެއްތަނަކުން ފެންނާނެ އިންތިޒާމު ހަމަޖެހި، ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement