2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ބިލް ފާސްކޮށްފި
ބިލް ފާސްކުރީ 63 މެމްބަރުންގެ ވޯޓުން: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ބިލް ފާސްކޮށްފި

4 hours ago - 13:34
May 13, 2025 - 13:34
Advertisement
Advertisement

2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ. ބިލް މަޖިލިހުގެ ތަޅުމުން ފާސްކުރީ 63 މެމްބަރުންގެ ވޯޓުންނެވެ.

މިއީ ދުންފަތާ ދުރުކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ޤާނޫނަށް ގެންނަ ބަދަލެކެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ހުށަހެޅުއްވި ބިލް ދިރާސާ ކުރީ ވަގުތީ ކޮމިޓީއަކުންނެވެ. ނަމަވެސް ކޮމިޓީންވެސް ބިލަށް ބޮޑު ބަދަލެއް ނުގެނެއެވެ.

މިބިލް ތަސްދީގު ކުރެއްވުމުން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފަހުން އުފަންވި, އުފަންވާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެއެއެވެ. އަދި 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުންވެސް މަނާވާނެއެވެ. ދުންފަތް ވިއްކަންވެސް ޚާއްސަ ވަކި ލައިސެންސެއް ބޭނުންވާނެއެވެ.

ބިލް މަޖިލުހުން ފާސްކުރި ނަމަވެސް އެމްޑީޕީގެ މެމްބަރުން ވަނީ ބިލް ޤާނޫނަކަށް ވީނަމަވެސް ތަންފީޒުކުރެވޭނެތޯ ސުވާލުއުފައްދާފައެވެ. ދުންފަތުގެ ބޭން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢާއްމުންގެ ލަފާވެސް ހޯދިއެވެ. ނަމަވެސް ބޭން މުއްދަތު ކަނޑައެޅުއްވީ ވަޒީރުންގެ މަޖިލިހުގެ މަޝްވަރާއަށްފަހުއެވެ.

Advertisement
Advertisement

ދުންފަތުގެ އިތުރުން ވޭޕާއި, ވޭޕާ ގުޅުންހުރި ބާވަތްތައް އެތެރެކުރުންވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ. އަދި ވޭޕް ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement