ބްރޯޑްކޮމްއަށް ޕްރެޒެންޓަރ މޫސާ ރިލްވާން
ބްރޯޑްކޮމްއަށް އައްޔަންކުރަން ފާސްކުރި މޫސާ ރިލްވާން

ބްރޯޑްކޮމްއަށް ޕްރެޒެންޓަރ މޫސާ ރިލްވާން

11 months ago - 13:20
May 13, 2025 - 13:23
Advertisement
Advertisement

ބްރޯޑްކާސްޓިންގ ކޮމިޝަން އަށް ޕްރެޒެންޓަރ މޫސާ ރިލްވާން އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

މަޖިލިހުގެ ތަޅުމުން ރިލްވާންއަށް ރުހުން ދިނީ 70 މެމްބަރުންގެ އިއްތިފާގުންނެވެ. އޭގެކުރިން ޒީނާ ޒާހިރު އާއި އައިޞޝަތު ޝިޔާނާ އާއި ޝިމްލާ އަހުމަދުގެ ނަމަށް ވޯޓަށް އެހިނަމަވެސް ފާހެއް ނުވިއެވެ. މޫސާ ރިލްވާން ބްރޯޑްކޮމް އަށް އައްޔަން ކުރަން ފެންނަކަމަށް މަޖިލިހުން ފާސްކުރުމުން ލިސްޓްގައި ދެން އޮތް ޒަމްއަތު އަހުމަދު ވަހީދުގެ ނަމަށް ވޯޓަށް ނާހައެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލިހަށް ފޮނުއްވި ލިސްޓްގެ އެއްވަނައިގައި އޮތީ ޒަމްއަތު އަހުމަދު ވަހީދުގެ ނަމެވެ. ނަމަވެސް ކޮމިޓީން އެއްވަނަ ދިނީ ކުރިންވެސް އެކޮމިޝަންގެ މެމްބަރުކަން ކުރެއްވީ ޕަބްލިކް ސަރވިސް މީޑިޔާގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އަށެވެ. އެކަމަކު ތަޅުމުން ޒީނާއަށް ތާއީދެއް ނުލިބުނެވެ.

މޫސާ ރިލްވާނަކީ ޓީވީއެމްގެ ޕްރެޒެންޓަރެކެވެ. އޭނާ ކުރިން ވަނީ ޓީވީއެމްގައި ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement