"އޯޝަން ފެސްޓިވަލް" އަންނަ ޖޫން މަހުގެ 20 ގައި ބާއްވަނީ
ފޮޓޯ: މޯލްޑިވްސް އައިލެންޑްސް ރިސޯޓްސް

"އޯޝަން ފެސްޓިވަލް" އަންނަ ޖޫން މަހުގެ 20 ގައި ބާއްވަނީ

3 hours ago - 21:31
Advertisement
Advertisement

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "އޯޝަން ފެސްޓިވަލް" ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.


އެ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހު ހުޅުމާލޭ ދިރާގު ބީޗު ސަރަހައްދުގައެވެ. މި ހަރަކާތްތައް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:30 ގެ ނިޔަލަށެވެ.


ވޭތުވެދިޔަ ދެ އަހަރެކޭ އެއްފަދައިން، މިއަހަރުގެ ފެސްޓިވަލްގައި ވެސް ކުޑަކުދިންނަށް ޚާއްޞަ ތަފާތު މޫދު ކުޅިވަރުތައް ހިމެނޭނެއެވެ. އަދި އެކި އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނަށް އޮޅުންފިލާނެހެން ދައްކުވައިދޭ ސްޓޯލްތައް ވެސް މި ސަރަހައްދުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.


މިއަހަރުގެ ފެސްޓިވަލްގެ އެންމެ ޚާއްޞަ އެއް ހަރަކާތަކީ "ޑިސްކަވަރީ ބަބުލް" ގެ ނަމުގައި ކުރިއަށްގެންދާ ފީނުމުގެ ހަރަކާތެވެ. މިއީ ޑައިވް ކިޓް ބޭނުންކޮށްގެން ކަނޑުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބޭނެ ވަރަށް ފަހި ފުރުޞަތެއް ކަމަށް އެ ވުޒާރާއިން ދެކެއެވެ.


މީގެ އިތުރުން، ފެސްޓިވަލް ކުރިއަށްދާ ވަގުތު އެ ސަރަހައްދުގައި ލުއި ކާނާއާއި ފިނި ބުއިންތައް ވިއްކުމުގެ ފުރުޞަތު ވެސް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި ހަރަކާތަކީ ކަނޑުގެ ވަސީލަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެ ހަރަކާތެއް ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement