ތިނަދޫ ސިޓީގައި ފުރަތަމަ ފަހަރަށް ރަހިމުގެ ކާމިޔާބު ސާޖަރީއެއް ކޮށްފި

ތިނަދޫ ސިޓީގައި ފުރަތަމަ ފަހަރަށް ރަހިމުގެ ކާމިޔާބު ސާޖަރީއެއް ކޮށްފި

3 hours ago - 21:37
Advertisement
Advertisement

ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ރަހިމަށް ޖެހޭ ބަލިތަކުގެ ޚާއްޞަ ސާޖަރީއެއް ކޮށްފިއެވެ.


މި އޮޕަރޭޝަނަކީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ ސާޖިކަލް ކޭމްޕެއްގެ ތެރެއިން ކުރި އޮޕަރޭޝަނެކެވެ. ތަފާތު ބަލިތަކަށް ޚާއްޞަ 10 ޑޮކްޓަރުން ބައިވެރިވާ މި ކޭމްޕުގައި ކުރި މި ސާޖަރީގައި، ބަލިމީހާގެ ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.


ޑރ. ޢުބައިދު ޢަބްދުﷲ އިސްވެ ހުންނަވައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އައްސަދު މުޙައްމަދު، ޑރ. މުޙައްމަދު އަމީން ޙާމިދު، ޑރ. މުޙައްމަދު ޙަމްޒާ އަދި ޑރ. މަޙްމޫދު ސައްޔިދު އަޙްމަދު މުޙައްމަދު ސައުދުގެ އިތުރުން ތިއޭޓަރުގެ މުޅި ޓީމު ވަނީ ބައިވެރިވެފައެވެ. އެ ހޮސްޕިޓަލުން ވަނީ މި ޓީމުން ދެއްކެވި ފަރުވާތެރިކަމާއި ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.


ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކް ސާޖަރީއަކީ ބަނޑު ފަޅައިގެން ކުރާ އޮޕަރޭޝަންތަކާ ޚިލާފަށް، ބަނޑުގެ ފާރުގައި ހަދާ ކުދި ލޯވަޅުތަކެއްގެ ތެރެއިން ކެމެރާއާއި ކުދި އާލާތްތައް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަނެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަވެ، ތަދުވުން މަދުވެފައި އަވަހަށް ފަސޭހަވެއެވެ. މިއީ އާންމުކޮށް އޯވަރީގައި އުފެދޭ ސިސްޓާއި ފައިބްރޮއިޑް ފަދަ ބަލިތަކަށް ދޭ ފަރުވާއެކެވެ.


މި ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލުމަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ސިއްޙީ ޚިދުމަތުގެ ދާއިރާއިން ހޯދި ވަރަށް މުހިއްމު ކުރިއެރުމެކެވެ. އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި މިފަދަ ޒަމާނީ ފަރުވާތައް ފެށުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement