އަބުޗާ ދޫކޮށްފައިވަނީ ފެރޯލް ބޯޑުގެ ނިންމުމާ އެއްގޮތަށް: ކަރެކްޝަންސް

އަބުޗާ ދޫކޮށްފައިވަނީ ފެރޯލް ބޯޑުގެ ނިންމުމާ އެއްގޮތަށް: ކަރެކްޝަންސް

15 hours ago - 10:47
Oct 6, 2026 - 10:50
Advertisement
Advertisement

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ބުނާ އަބްދުﷲ އިބްރާހީމް (އަބުޗާ) ދޫކޮށްލާފައިވަނީ ޕެރޯލް ބޯޑުގެ ނިންމުމާއި އެއްގޮތަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސްއިން ބުނެފައިވަނީ އަބުޗާ ދޫކޮށްފައިވަނީ، ޕެރޯލްގެ ދަށުން ކަމަށެވެ. އަދި އެ ނިންމުމަކީ ކަރެކްޝަންސްގެ ބާރުގެ ދަށުން ނިންމި ނިންމުމެއް ނޫންކަމަށާއި، އެ ބޯޑަކީ މިނިވަންކަމާއެކު ނިންމުންތައް ނިންމާ ބޯޑެއްކަމަށެވެ.

 ކަނޑުމަގުން އައްޑުއަށް 80 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އަބުޗާ ހައްޔަރުކޮށްފައިވަނީ، 2020 ވަަނަ އަހަރުއެވެ. މި މައްސަލައިގައި އިތުރު ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އަބުޗާގެ މައްޗަށް އުފުލާފައިވެއެވެ. މި މައްސަލައިގައި އަބުޗާ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ނަމަވެސް، އޭނާ އެކަމަށް އިއުތިރާފުވުމުން، ދިން ލުއިގެ ދަށުން އޭނާގެ މައްޗަަށް، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ. 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement