އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

3 hours ago - 23:21
Advertisement
Advertisement

އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ސައުދީ އަރަބިއްޔާއަށް ގޮސް އުޅުނު ދިވެއްސަކު މައްކާގައި ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.


މި ދަތުރުގައި ނިޔާވެފައިވަނީ ހއ. ތަކަންދޫ، ބަގީޗާގެ، އުމުރުން 65 އަހަރުގެ ޢަބްދުﷲ އަޙްމަދެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުﷲ އަޙްމަދު އުމްރާއަށް ގޮސްފައިވަނީ "ފަރީ ޙައްޖު އެންޑް އުމްރާ" ގްރޫޕުގެ ހަވާލުގައެވެ. އޭނާ ނިޔާވީ މައްކާގައި ހުއްޓައި ކުއްލިއަކަށް ހާލު ދެރަވެގެން، އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.


ޢަބްދުﷲ އަޙްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދާއި، އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށްދާނީ މައްކާގެ މަސްޖިދުލް ޙަރަމްގައި ކަމަށް އެ ގްރޫޕުން މަޢުލޫމާތު ދެއެވެ.


މާތްވެގެންވާ މައްކާގެ ބިމުގައި އުމްރާގެ އަޅުކަން އަދާކުރުމުގެ ތެރޭގައި ދިވެއްސަކު ނިޔާވުމާ ގުޅިގެން، ގިނަ ބަޔަކު ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔައި، މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement