މޫސުމީ މައްސަލަތަކުގައި ހަމައެކަނި ވައުދުނުވެ, އަމަލީ ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފޯރަމްގައި ތަޤުރީރުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

މޫސުމީ މައްސަލަތަކުގައި ހަމައެކަނި ވައުދުނުވެ, އަމަލީ ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި

2 months ago - 18:14
Feb 13, 2025 - 18:14
Advertisement
Advertisement

މޫސުމީ މައްސަލަތަކުގައި ހަމައެކަނި ވައުދުނުވެ, އަމަލީ ފިޔަވަޅު އަޅަން ބައިނަލްއަޤްވާމީ މުޖުތަމައުއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި މިއަދު ކުރިއަށްދާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭ ކަމަށެވެ. އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ގޮތުން ކަމުގައި ވިޔަސް، ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަން ފުރަތަމަ ސުވާލު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބައިނަލްއަގުވާމީ މުޖުތަމަޢަށް އެމަނިކުފާނު ގޮވާލެއްވީ ހަމައެކަނި ވައުދުތައް ނުވެ, ފިޔަވަޅު އެޅުއްވުމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށެވެ. ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ކާރިސާތައް މެނޭޖް ކުރުމަށްޓަކައި، ޙަރަކާތްތެރި ލީޑަރޝިޕެއް ބޭނުންވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ބޮޑެތި އިޤްތިޞާދުތަކުން ވެފައިވާ މޫސުމީ ބަދަލުތަކުގެ ވަޢުދުތަކަށް އިޙްތިރާމްކޮށް، އެޤައުމުތަކުގެ ޢަމަލުތައް އެއްގޮތް ކުރަން ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ ޢަމަލުތަކުގެ މައްޗަށް ނޫންކަމާއި، އިތުބާރުގެ މައްޗަށްކަން ޤަބޫލުކުރަން ޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވި ޚާއްޞަ ތަޤުރީރުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މި ފަހަކަށް އައިސް ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި މިކަންކަމަށް ޙައްލުހޯދައި، ކާރިސީ ހިރާސްތައް ކުޑަކުރުމަކީ މިހާރުން މިހާރަށްވެސް އިސްކަންދޭ ކަމެއް ކަމަށާއި، ދިވެހި ރައްޔިތުން ގެންދަވަނީ މި ރޮނގުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement