ތ.ގުރައިދޫ އެއަޕޯރޓްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަށްފަހު ހުޅުވާނެ ތާރީޚުވެސް އިއުލާނުކުރައްވައިފި
ގުރައިދޫ އެއަޕޯރޓްގެ މަސައްކަތް ހަވާލުކުރަނީ: ފޮޓޯ-އެމްއޭސީއެލް

ތ.ގުރައިދޫ އެއަޕޯރޓްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަށްފަހު ހުޅުވާނެ ތާރީޚުވެސް އިއުލާނުކުރައްވައިފި

ހުޅުވާނީ 2027 ވަނަ އަހަރުގެ ޖުލައި 26 ގައި

18 days ago - 09:16
Sep 26, 2025 - 09:16
Advertisement
Advertisement

ތ.ގުރައިދޫ އެއަޕޯރޓްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަށްފަހު ހުޅުވާނެ ތާރީޚުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ތ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން އެއަޕޯރޓްގެ މަސައްކަތް ވަނީ މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ. އެއްބަސްވުމުގައި މާލީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް އެވެ.

އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުރައިދޫ އެއަރޕޯޓު، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނެކަމަށެވެ.

Advertisement
Advertisement

ރައީސް ވިދާޅުވީ ގުރައިދޫ އެއަރޕޯޓު ވެގެންދާނީ، އެ ރަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދައިދިނުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ކަމަށެވެ. އެއަރޕޯޓު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިއަދުން ފެށިގެން 22 މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ކަނޑައަޅުއްވާފައެވެ. ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތްވެސް މިއަދު ފަށާނެއެވެ.

ތ.އަތޮޅުގައި މިހާރުވެސް އެއަޕޯރޓެއް އޮވެއެވެ. އެއީ ތިމަރަފުށީގައެވެ. ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައިވެސް އެއަޕޯޓެއް އަޅަން ހަވާލުކޮށް ބިން ހިއްކަން ވަނީ ފަށާފައެވެ. ގުރައިދޫ އަކީ އެއަތޮޅުގެ ތިންވަނަ އެއަޕޯޓެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement