ކީޕަރު އިފްރާހުގެ ކަށުނަމާދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
ކީޕަރު އިފްރާހު ވިކްޓްރީ އަށް ކުޅުނުއިރު: ފޮޓޯ-އެޑިޝަން.އެމްވީ

ކީޕަރު އިފްރާހުގެ ކަށުނަމާދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

7 months ago - 09:01
Sep 26, 2025 - 09:02
Advertisement
Advertisement

ސްޓްރޯކެއް ޖެހި ފަރުވާ ދެމުން ދަނިކޮށް ރޭ އޭޑީކޭގައި ނިޔާވި ގައުމީ ޓީމްގެ ކުރީގެ ކީޕަރު އިބްރާހީމް އިފްރާހު އަރީފްގެ ކަށުނަމާދު މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރަން ތާވަލްކޮށްފިއެވެ. މޫނުދެއްކުން މިއަދު ހެނދުނު 10:30 އާ ހަމައަށް އާސަހަރާގައި ކުރިއަށް ދެއެވެ.

36 އަހަރުގައި އިފްރާހު ނިޔާވީ ކުއްލިއަކަށް ޖެހުނު ސްޓްރޯކެއްގެ ސަބަބުން އޭޑީކޭގައި ފަރުވާދެމުންދާތާ ދެދުވަސް ފަހުންނެވެ. އޭނާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. ސިކުނޑިއަށް ލޭއެޅި, ލޭތައް ނެގި ނަގަން އޮޕަރޭޝަން ކުރިނަމަވެސް ހުރިހާ ލެއެއް ނުނެގޭކަމަށް ބައެއް މަސްދަރުތަކުން ރިޕޯރޓްކޮށްފައި ވެއެވެ.

އިފްރާހު އަކީ ރާއްޖެއިން 2008 ވަނަ އަހަރު ފުރަތަމަ ތަށި ހޯދި ޓީމްގެ މެމްބަރެކެވެ. އޭގެކުރިން އުމުރުފުރާ ގައުމީ ޓީމްތަކުގެ ގޯލް ބަހަލަހައްޓާ ކެޕްޓަންކަންވެސް ކުރިއެވެ.

ރާއްޖޭގެ ބޮޑަތި ކްލަބްތައް ކަމަށްވާ ވެލެންސިޔާއާއި ނިއުރޭޑިއަންޓާއި ވިކްޓްރީގެ ގޯލް ބެލެހެއްޓިއެވެ. މާޒިޔާއިން ކާމިޔާބީއަށް ކުރި ދަތުރުގައި އެޓީމްގެ ގޯލްވެސް އިފްރާ ވަނީ ބަލަހައްޓާފައެވެ. ފަހުން ޓީސީގެ ގޯލުންވެސް ފެނުނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement