
ރާއްޖެ އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިގިރޭޓް އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިގިރޭޓް އަތުލައިގެންފިއެވެ.
ވަގަށް އެތެރެކުރަން އުޅުނު ސިގިރޭޓް ކަސްޓަމްސްއިން އަތުލައިގަތީ ގަން އިންޓަރނޭޝަނަލް އެއަޕޯރޓުންނެވެ. ކަސްޓަމްސްއިން ވިދާޅުވީ 130,155 ސިގިރެޓް ސްޓިކްސް އަތުލައިގެންފައިވާ ކަމަށެވެ.
ދުންފަތުގެ އަގު ވަރަށްބޮޑުތަނުން ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް އެތެރެކުރަން މަސައްކަތްކުރުމުގެ މައްސަލަތައް ވަނީ ގިނަވެފައެވެ. ފުލުހުންގެ ބައިވެރިވުން އޮތް އެފަދަ މައްސަލައެއްވެސް އެއިދާރާއިން ދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް






