ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް މުޖުތާޒް އައްޔަންކުރައްވައިފި
މުޖުތާޒު އަށް މެމްބަރުކަމުގެ ލިޔުން ހަވާލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް މުޖުތާޒް އައްޔަންކުރައްވައިފި

12 months ago - 12:57
Apr 20, 2025 - 12:57
Advertisement
Advertisement

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް އަލްއުސްތާޛު މުޙައްމަދު މުޖުތާޒް މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މުޖުތާޒުއަށް މެމްބަރުކަމުގެ ލިޔުން އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން މުޖްތާޒް ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. ހުވާކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

އަލްއުސްތާޛު މުޙައްމަދު މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement