މާފުށީގައި ބާއްވާ "މާރަނގަ މާކެޓު" ގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި
ފޮޓޯ- ޕީއެސްއެމް ނިއުސް

މާފުށީގައި ބާއްވާ "މާރަނގަ މާކެޓު" ގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި

11 hours ago - 12:26
Advertisement
Advertisement

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އުފެއްދުންތަކަށް ބާޒާރު ހޯދައިދިނުމަށް ކ. މާފުށީގައި ކޮންމެ މަހަކު އެއްފަހަރު ބާއްވަމުން އަންނަ "މާރަނގަ މާކެޓު" ގެ ޖުލައި މަހުގެ އެޑިޝަން މިމަހުގެ 2 ވަނަ ދުވަހު ފަށައިފިއެވެ.


މި މާކެޓަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި، މާފުށީ ކައުންސިލް އަދި ކ. މާފުށި ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މާކެޓު ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް މާފުށީގައި ކުރިއަށްދާނެ ކަމަށް ބީސީސީއިން މަޢުލޫމާތުދެއެވެ.


މި މާކެޓުގައި ރާއްޖޭގައި އުފައްދާ ތަފާތު ބާވަތްތަކާއި، ކާބޯތަކެއްޗާއި، އަތްތެރި މަސައްކަތްތަކުގެ އިތުރުން ހަނދާނީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭނެ އުފެއްދުންތެރި ގިނަ ތަކެތި ވިއްކުމަށް ބަހައްޓާފައިވެއެވެ. ބީސީސީއިން ފާހަގަކުރި ގޮތުގައި މި މަހުގެ އެޑިޝަންގައި ގިނަ އަދަދެއްގެ އައު ވިޔަފާރިވެރިން ބައިވެރިވެފައިވާތީ، މާކެޓުން ލިބެން ހުންނަ ތަކެތީގެ ބާވަތްތައް ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.


މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުދި ވިޔަފާރިތަކަށް ޤަވާއިދުން ކަސްޓަމަރުންނާ ބައްދަލުވެ، އެ ފަރާތްތަކުގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ތަޢާރަފުކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. ޚާއްޞަކޮށް ލޯކަލް ޓޫރިޒަމްގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ އެއް ރަށް ކަމަށްވާ މާފުށީގައި މިފަދަ މާކެޓެއް ބޭއްވުމުން، ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ފަތުރުވެރިންނަށްވެސް ދިވެހި އުފެއްދުންތައް ފެނިގެންދާނެއެވެ. މިއީ ދިވެހި އުފެއްދުންތަކާއި، ސަޤާފީ ކާބޯތަކެތި އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް ލިބޭ ބޮޑު ހިތްވަރެއްގެ ގޮތުގައި ބީސީސީއިން ސިފަކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement