މިއަހަރުގެ ރަމަޟާން މަހު ޖަލުތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދުކުރަން ނިންމައިފި
ފޮޓޯ- ކަރެކްޝަންސް

މިއަހަރުގެ ރަމަޟާން މަހު ޖަލުތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދުކުރަން ނިންމައިފި

5 hours ago - 22:39
Advertisement
Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި ތިބި ގައިދީންނަށް އަމާޒުކޮށްގެން، މި އަހަރުގެ ރަމަޟާން މަހު ރަސްމީކޮށް ތަރާވީސް ނަމާދު ކުރުމަށް ނިންމައި، އެކަމަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް ހަމަޖައްސައިފިއެވެ.

މިއީ ރާއްޖޭގެ ޖަލުތަކުގެ ތާރީޚުގައި މިގޮތަށް ރަސްމީކޮށް ތަރާވީސް ނަމާދު ޖަމާއަތުގައި ކުރުމަށް ނިންމި ފުރަތަމަ ފަހަރެވެ.


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ނިންމުމަކީ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ދީނީ ކަންކަމަށް އިސްކަންދީ، އަޅުކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުންނާއި ކަރެކްޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ބޭނުމަކީ ގައިދީން އިސްލާހުކޮށް، އަނބުރާ މުޖުތަމައަށް ނެރުމުގައި ދީނީ ރޫހާއި، ނަމާދަށްދޭ ސަމާލުކަން އިތުރުކުރުމެވެ.


މީގެ އިތުރުން، ރަމަޟާން މަހަކީ އަޅުކަމުގެ މަހަކަށްވާތީ، ޖަލުތަކުގައި ތިބޭ މީހުންނަށް ދީނީ ނަސޭހަތް ދިނުމާއި، ދީނީ އެކި ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ރޭވިފައެވެ. މި އަހަރުގެ ރަމަޟާން މަހު ޖަލުތަކުގައި ފެށޭ މި ތަރާވީސް ނަމާދުގެ ޖަމާއަތަކީ ގައިދީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.                  

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement