އަލް-އަޤްޞާ ތަލާލާނެކަމަށް ގޮވާލާ ގޮވާލުންތަކަށް ބައިނަލްއަޤުވާމީ މުޖުތަމައު އިން ތެދުވެދީ: ފަލަޞްޠީން
މުސްލިމުންގެ ފުރަތަމަ ޤިބްލަ, އަދި ތިންވަނަ ހަރަމްފުޅު , މަސްޖިދުލް އަޤްޞާ

އަލް-އަޤްޞާ ތަލާލާނެކަމަށް ގޮވާލާ ގޮވާލުންތަކަށް ބައިނަލްއަޤުވާމީ މުޖުތަމައު އިން ތެދުވެދީ: ފަލަޞްޠީން

2 hours ago - 13:46
Apr 20, 2025 - 13:59

އިޒްރާއިލްގެ ޣައިރުޤާނޫނީ ވަޒަންވެރިންގެ ފަރާތުން އަލް-އަޤްޞާ ތަޅާލާނެކަމަށް ބުނެ ދޭ އިންޒާރުތައް ސީރިއަސްކޮށްނެގުމަށް ފަލަޞްޠީނުގެ ސަރުކާރުން ބައިނަލް އަޤްވާމީ މުޖުތަމައުއަށް ގޮވާލައިފިއެވެ. މުސްލިމުންގެ ތިންވަރަ ހަރަމްފުޅު އަދި ފުރަތަމަ ޤިބްލް, މަސްޖިދުލް އަޤްޞާ ތަޅާލާނެކަމަށް ގޮވާލާ ގޮވާލުންތަކާއެކު ފަލަޞްޠީނުގެ ސަރުކާރުންވަނީ އެންމެ މަތީ ދަރަޖައަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފަލަޞްޠީނުގެ ހާރިޖީ ވުޒާރާއިން މި ގޮތަށް ގޮވާލާފައިވަނީ އިޒްރާއިލްގެ ވަޒަންވެރިންގެ ޖަމާއަތްތަކުން މީސްމީޑިއާގެ މަންސަތަކުގައި އަލް-އަޤްޞާ ތަޅާލާ އެތަނުގައި ފައްޅިއެއް ބިނާކުރާނެކަމަށް ވަރަށް ބޮޑަށް އަޑުފަތުރަމުންދާ ދަނޑިވަޅެއްގައެވެ. ހިބްރޫ ބަހުން ލިޔެފައިވާ މިލިޔުންތައް ވަނީ ޕްރިންޓްކޮށް މިސްކިތް ހިމެނޭ ސަރަޙައްދުގައުވެސް ބަހާފައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ގުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް, އަލް-އަޤްޞާ އަކީ ފަލަޞްޠީނުގެ ހާއްސަ ރަމްޒެކެވެ. އަލް-އަޤްޞާ އިދާރީ ގޮތުން ބަލަހައްޓަނީ އުރުދުންއިން ކަމުގައިވިއަސް އެސަރަޙައްދަށް ވަދެވޭ މީހުން ކަނޑައެޅުމުގެ ބާރު އޮންނަނީ އިޒްރާއިލްގެ އަސްކަރިއްޔާގެ އަތްމަތީގައެވެ. ޔަހޫދީންގެ ޤަބޫލުކުރުންތަކުގައިވެސް އެސަރަޙައްދަކީ ދީނީގޮތުން އެމީހުންގެ މުޤައްދަސް ބިމެކެވެ. އެއީ 70 އޭޑީގައި ރޯމަނުން އެސަރަހައްދު ސުންނާފަތިކުރުމުގެ ކުރިން އެތާހައި އެމީހުންގެ ފުރަތަމަ އަދި ދެވަނަ ފައްޅި ބިނާކޮށްފައިވާކަމަށް ބުނެއެވެ.

މި ހަފުތާގެ ކުރީކޮޅު އަލް-އަޤްޞާ އާ ގުޅޭގޮތުންވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއި) އިން ހަދާފައިވާ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. 'ނެކްސް އިޔަރ އިން ޖެރޫސެލަމް (އަންނަ އަހަރު ޤުދުސްގައި)" ގެ ސުރުހީގެ ދަށުން ވީޑިއޯގައި ފެންނަނީ އަލް-އަޤްޞާ ތަޅާލާ, އެތާގައި "ތިންވަނަ ޓެމްޕަލް" ބިނާކުރާ މަންޒަރެވެ.

Advertisement
Advertisement

މި އަމަލުތަކާ ގުޅިގެން ފަލަޞްޠީނުގެ ހާރިޖީ ވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ވަނީ ބައިނަލް އަޤުވާމީ މުޖުތަމައުއަށާއި އދ ގެ އިދާރާތަކަށް އެފަދަ ކަންކަމާ ސިރިއަސްކޮށް މުޤާބަލާކުރުމަށް ގޮވާލާފައެވެ. އަދި ބައިނަލް އަޤުވާމީ ޤާނޫނުގެ ދަށުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައެވެ.

މި ފަހުން އަލް-އަޤްޞާ މިސްކިތް ވެގެން ގޮސްފައިވަނީ އިޒްރާއިލްގެ ކަނާތުފިޔައިގެ ހައްދުފަހަނަ އަޅާފައިވާ ސިޔާސީ މީހުންގެ އަމާޒަކަށެވެ. އެމީހުންގެ ބޮޑެތި ޖަމާއަތްތަކުން ގަދަކަމުން މިސްކިތުގެ ކޮމްޕައުންޑްތެރެއަށް ވަދެގަނެ, އިޒްރާއިލް އަސްކަރިއްޔާގެ ހިމާޔަތުގައި ކޮންމެ ހަފުތާއެއްހެން ދަނީ އެސަރަޙައްދުގައި ޔަހޫދީންގެ އަޅުކަންތައް ފުރިހަމަކުރަމުންނެވެ.

ކުރިންވެސް އަމަލުކުރަމުން އަންނަ ގޮތަށް އަލް-އަޤްޞާގެ ކޮމްޕައުންޑަށް ޔަހޫދީންނާއި ޣައިރު މުޞްލިމުންނަށްވެސް ވަކި ވަގުތުތަކެއްގައި ވަނުމުގެ ހުއްދަ އޮވެއެވެ. ނަމަވެސް އެއްވެސް ކަހަލަ ދީނީ އަޅުކަމެއް އަދާކުރުން, ނުވަތަ އެހެން ދީނެއްގެ ރަމްޒެއް އެތާގައި ގެންގުޅެ, އެއްވެސް އެހެން އަޤީދާއެއްގެ ޝިއާރެއް ފާޅުކުރުމަކީވެސް މަނާކަމެކެވެ.

އިޒްރާއިލްގެ ކަނާތުފިޔައިގެ ޤައުމީސަލާމަތާބެހޭ ވަޒީރު ބެން ގްވިރް 2022 ޑިސެމްބަރުގައި މަޤާމާ ހަވާލުވިފަހުން މިހާތަނަށް ހަ ފަހަރު ވަނީ އަލް އަޤްޞާގެ ކޮމްޕައުންޑް ތެރޭގައި ޔަހޫދީން އެއްކޮށްގެން އަޅުކަންތައް ބާއްވާފައެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި އޭނާވަނީ އަލް-އަޤްޞާ މިސްކިތުގެ ކޮމްޕައުންޑްގައި ޔަހޫދީން އަޅުކަން ކުރުމަށް ފައްޅިއެއް ބިނާކުރާނެކަމަށް ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow