
ޔޫކްރެއިން ހަނގުރާމަ ނިންމުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
ޓަރންޕު ބޭނުންވަނީ ވީހާ އަވަހަކަށް ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެނައުމަށް
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަސައްކަތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށާފިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ޕުޓިންއާއެކު ދިގު އަދި އުފެއްދުންތެރި މަޝްވަރާއެއް ކުރެވުނެވެ. އަދި ދެ ފަރާތުން ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވިއެވެ.
ޓްރަމްޕް ވިދާޅުވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީއާ ވެސް ވާހަކަދައްކަވާނެ ކަމަށެވެ. ނަމަވެސް ޒެލެންސްކީ ވަނީ ޔޫކްރެއިން ނުހިމަނައި އެ ޤައުމާ ބެހޭ މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ވަނީ ކުރިން ވެސް ހަނގުރާމަ އަވަހަށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންނެވުމަށް ޓްރަންޕް ކުރެއްވި ކެމްޕެއިނުގައި ވެރިކަމަށް އިންތިހާބުވާތާ 24 ގަޑިއިރުތެރޭގައި ހަނގުރާމައަށް ނިމުން ގެންނަވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް މިދިޔަ މަހުގެ 20 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރެއްވި ފަހުން މިވާހަތަނަށްވެސް އަދި މިވަނީ މި ހަނގުރާމައަށް ނިމުން ނުގެނެވިފައެވެ.
ޔުކުރޭނަށް އެމެރިކާއިން ދެމުންގެންދިޔަ އަގުބޮޑަތި ހަތިޔާރުތައް ރައީސް ޓްރަންޕް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ދިނުން ހުއްޓާލާފައި ވާއިރު، ހަނގުރާމަހުއްޓާލުމާއި ގުޅޭގޮތުން ޕުޓިންއާއި އެކު މި ކުރެއްވި މަޝްވަރާތަކަކީ ހަނގުރާމަހުއްޓާލުމުގެ މަޤްޞަދު ހާސިލުކުރުމަށް އޭނާ އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށް ބޭރުގެ ހަބަރުތައް ދިރާސާކުރައްވާ ފަރާތްތަކުން ދެކެއެވެ.
ރިއެކްޝަންސް






