
އެމެރިކާގެ ވައިގެ ހަމަލާތަކުގައި ޔަމަނުން 38 މީހުން މަރުވެ, 102 މީހަކު ޒަހަމްވެއްޖެ
އެމެރިކާއިން ޔަމަނުގެ ރަސް އިސާ ތެލުގެ ބަނދަރަށް ދިން ވައިގެ ހަމަލާތަކުގައި 38 މީހަކު މަރުވެ 102 މީހަކު ޒަހަމްވެފައިވާ ކަމަށް ޔަމަނުން ބުނެފިއެވެ. މިއީ އެމެރިކާއިން މިހާތަނަށް ޔަމަނަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމުގައި ހޫތީންގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.
ހޫތީންގެ މަސްލްޙަލަތު އޮންނަ އަލް މަސްރިއާގް ޓީވީން އެކަން ވަނީ އަލް ހޮދައިދާގެ ހެލްތު އޮފީހާ ހަވާލާދީ ކަށަވަރުކޮށްދީފައެވެ.
ހަމަލާއަށްފަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ބުނެފައިވަނީ ޔަމަނުގެ ތެލުގެ ބަނދަރަކަށް ހަމަލާދިނީ ހޫތީންނަށް ތެޔޮ ލިބުމުގެ މަގުތައް ބަންދުކުރުމުގެ ގޮތުންކަމުގައެވެ.
"މިއަދު އެމެރިކާގެ ބާރުތަކުން މި ދިން ހަމަލާއަކީ އީރާނުން ވާގިވެރިވާ ހޫތީ ޓެރަރިސްޓުންނަށް ތެޔޮ ލިބުމުގެ މަގު ބަންދުކުރުމުގެ ގޮތުން ދިން ހަމަލާއެއް. މިބާވަތުގެ ހަމަލާތަކުގެ މައިގަނޑު މަޤްސަދަކީ ހޫތީންނަށް އިޤްތިޞާދީ ގޮތުން ދަތިކުރުން" ސެންޓްރަލް ކޮމާންޑްގެ މީސްމީޑިއާގައި ކޮށްފައިވަ ޕޯސްޓްގގައި ބުނެފައި ވެއެވެ. ނަމަވެސް މަރުވި މީހުންނާ ގުޅޭގޮތުން ޕެންޓަގަންއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޔަމަނުގެ ސަންއާ އިން އަލްޖަޒީރާގެ ކަރެސްޕޮންޑެންޓް މުޙައްމަދު އަލް-އަތާބް ރިޕޯޓްކުރިގޮތުގައި އެމެރިކާގެ ވައިގެ ހަމަލާތައް ޔަމަނުގެ އެކި ސަރަހައްދުތަކަށް ރޭ އަމާޒުވެފައި ވެއެވެ. ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޕޯޓް ފެސިލިޓީއަށް ކަމަށެވެ.
"އެންމެ ފުރަތަމަ ހަތަރު ހަމަލާ ދިނީ މީހުން މަސައްކަތުގައި ތިއްބާ" މި ހަމަލާގައި ގިނަ އާންމުން މަރުވެފައިވާކަން ފާހަގަ ކުރަމުން އަތާބް ބުނެފައި ވެއެވެ.
ރިއެކްޝަންސް






