ޣައްޒާ ހިޞާރު ނައްތާލުމަށް ކަނޑުގެ ލަޝްކަރު, ގްލޯބަލް ސުމޫދު ފްލޮޓީލާ ތޫނިސް އިން ފުރައިފި

ޣައްޒާ ހިޞާރު ނައްތާލުމަށް ކަނޑުގެ ލަޝްކަރު, ގްލޯބަލް ސުމޫދު ފްލޮޓީލާ ތޫނިސް އިން ފުރައިފި

40 ށްވުރެ ޤައުމުގެ 500 އެއްހާ އެކްޓިވިސްޓުން ބޯޓްތަކުގައި ވަނީ ފުރާފައި

3 hours ago - 00:14
Sep 14, 2025 - 00:18

އިޒްރާއިލްއިން ޤާނޫނާ ހިލާފަށް ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް, ޣައްޒާ ހިޞާރު ނައްތާލުމަށް ކަނޑުމަގުން ދަތުރުކުރާ  ލަޝްކަރު, ގްލޯބަލް ސުމޫދު ފްލޮޓީލާގެ ބޯޓްތައް ތޫނިސްއިން ޣައްޒާއަށް ދިއުމަށް މިއަދު ފުރައިފިއެވެ.

އިންސާނީ އެހީއާއެކު ފުރި މި ބޯޓްތަކުގައި 40 ށްވުރެ ގިނަ ޤައުމުން 400-500 ދެމެދުގެ އަދަދަކަށް އެކްޓިވިސްޓުން ދަތުރުކުރާނެއެވެ. ތޫނިސްގެ ބިޒާޓޭ ބަނދަރުން މިއަދު ބައެއް ބޯޓްތައް ފުރިއިރު ސިސިލީން ފުރާފައިވާ ބޯޓްތައް މެޑިޓެރޭނިއަން ކަނޑުން ބައްދަލުކޮށް އެކުގައި ޣައްޒާއަށް ދިއުމަށް ދަތުރުކުރާނެއެވެ.

އެކިކަންކަމާހުރެ މިދިޔަ މަހު 31 ގައި ފުރި ބޯޓްތައް ތޫނިސްއިން ނައްޓާލެވޭގޮތްވީ މިއަދުއެވެ. ތޫނިސްގައި ބަނދަރުކޮށްފައި އޮތް ފްލޮޓީލާގެ މައިބޯޓް 'ފެމިލީ' އަދި 'އަލްމާ' އަށް ދެދުވަހެއްގެ މަތިން ޑްރޯން ހަމަލާއެއް އަރައި ބޯޓްތަކަށް އެކިވަރުގެ ގެއްލުން ލިބުމަށްފަހު ބޯޓްތައް ފުރާފައިވަނީ ސަލާމަތީ ގޮތުންނާއި ލޮޖިސްޓިކަލް ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުއެވެ. އަދި ބިރުދެއްކުުގެ ގޮތުން ދޭ ހަމަލާއަކަށް ފަހަތަށް ނުޖެހޭނެކަމަށް ދަތުރުގެ ބައިވެރިން ވަނީ ބުނެފައެވެ.

"އަހަރެމެންގެ ސަރުކާރުތަކުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލްއާންމަށް ޒިންމާވާންޖެހޭ" ތޫނިސްއިން ދަތުރާ ގުޅުނު އަދި މީގެކުރިންވެސް ފްލޮޓީލާގެ 36 ވަނަ މިޝަންގައި 'މެޑްލީން' އިން ދަތުރުކޮށް އިޒްރާއިލްގެ ޖަލުގައި ހައްޔަރުކޮށް ޑީޕޯޓްކުރި ފްރާންސްގެ ޕާލިމެންޓް މެމްބަރު ރިމާ ޙަސަން އެކްސްގައި ލިޔެފައި ވެއެވެ. ރިމާ ވަނީ އިޒްރާއިލްއިން ފްލޮޓީލާގެ ބޯޓްތަކަށް ދޭ ހަމަލާތައް ކުށްވެރިކުރުމުގައި ވިލާތުގެ ޤައުމިތަކުގެ ލީޑަރުންގެ ހަނުހުރުމަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

Advertisement
Advertisement

މިއަދު ތޫނިސް އިން ފުރާފައިވަނީ ލަޝްވަރުގެ ބައެއް ބޯޓްތަކެވެ. ބާކީ ބޯޓްތައް މާދަމާގެ ވަގުތެއްގައި ފުރާނެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow