އެމެރިކާއިން ރަސްމީކޮށް އިޒްރާއިލް-އީރާން ހަނގުރާމައިގެ ތެރެއަށް ވަދެފާނެ ކަމުގެ އިޝާރާތެއް ދީފި
ޓްރަމްޕް (ކ), ޙާމަނައީ (މ) އަދި ނަތަންޔާހޫ

އެމެރިކާއިން ރަސްމީކޮށް އިޒްރާއިލް-އީރާން ހަނގުރާމައިގެ ތެރެއަށް ވަދެފާނެ ކަމުގެ އިޝާރާތެއް ދީފި

އެމެރިކާގެ އިތުރު ފައިޓަރ ޖެޓްތަކެއް މިހާރުވަނީ މެދުއިރުމައްޗަށް ފޮނުވާފައި

4 hours ago - 12:16
Jun 18, 2025 - 12:18

އިޒްރާއިލްއިން އީރާނަށް ކުއްލިއަކަށް ދޭންފެށި ހަމަލާތަކާއެކު މެދުއިރުމަތީ މަޞްރަޙް ގޯސްވެފައި ވަނިކޮށް އެމެރިކާއިން ރަސްމީކޮށް އިޒްރާއިލް އާ އެއްބައިވެ އީރާނާ ދެކޮޅާށް ހަމަލާ ދީފާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

ހަމަލާތައް ހުއްޓުމެއްނެތި ބަދަލު ކުރަމުންދާތާ ހަވަނަ ދުވަސް ފެށުނުއިރު އެމެރިކާގެ ނައިބުރައީސް ޖޭޑީ ވޭންސް މިއަދު އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ  އިރާނާ ދެކޮޅާށް އަސްކަރީ ހަމަލާތަކެއް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވާފާނެ ކަމުގައެވެ.

ޓްރަމްޕް ވަނީ "އީރާނުގެ ވައިގެ ސަރަހައްދު މިހާރު އޮތީ އެމެރިކާގެ ފުރިހަމަ ބާރުގެ ދަށުގައި" ކަމަށް ބުނެ އީރާނުން "އެެއްވެސް ޝަރުތެއްނެތި އަމާންދިނުމަށް" އަންގާފައެވެ. މީގެ އެއްދުވަސް ކުރިންވެސް ޓްރަމްޕް ވަނީ ތެޙްރާން ދޫކޮށް ދިއުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފައެވެ.

"އީރާންގެ ޔުރޭނިއަމް ފައްކާކުރުމުގެ ޕްރޮގްރާމް ނިންމާލުމަށް އެމެރިކާއިން ފިޔަވަޅުއަޅަން ރައީސް ޓްރަމްޕް ނިންމަވާފާނެ" ވޭންސް އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައި ވެއެވެެ.

Advertisement
Advertisement

ވޭންސް އިތުރަށް ވިދާޅުވީ އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ހިމާޔަތަށް ވިސްނަވާ ޓްރަމްޕް ވަރަށް ކެތްތެރިކަން ދައްކަވައިފި ކަަމަށާއި, ނަމަވެސް އިރާނުން ދޫނުދޭނަމަ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވަން އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވިއަސް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ޓްރަމަޕް އަންގަވާފާނެ ކަމަށެވެ. 

ރިޕޯޓްތައް ބުނާގޮތުން އެމެރިކާއިން މިހާރުވަނީ އިތުރު ފައިޓަރ ޖެޓްތައް މެދުއިރުމައްޗަށް ފޮނުވާފައެވެ.

ފާއިތުވި އެޕްރީލްމަހު އީރާން އާއި އެމެރިކާ އާ މެދު ނިއުކްލިއަރ  ޕްރޮގްރާމާ ގުޅޭ ވާހަކަތައް ފެށިފައިވީނަމަވެސް, ފަސް ފަހަރު މަތިން ބޭއްވި ބައްދަލުވުންތަކުންވެސް އެކަން ހައްލުކުރުމަށް އަލިމަގެއް ނުފެނި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ވަނީ މަޝްވަރާތައްވަނީ ހުއްޓިފައެވެ. އެމެރިކާއިންވަނީ އީރާނަށް އެއްވެސް ވަރަކަށް ޔުރޭނިއަމް ފައްކާކުރެވިގެން ނުވާނެކަމުގައެވެ. 

ނަމަވެސް އީރާނުން ވަނީ އެއީ އެޤައުމަށްވެސް ލިބިގެންވާ ހައްގެއްކަމަށް ބުނެފައެވެ. އަދި އެހައްގު އީރާނުގެ ކިބައިން ނިގުޅައިގަނެވޭ އެއްވެސް ހުށަހެޅުމަކަށް ދީލާނުލާނެކަމަށް އީރާނުންވަނީ އެމެރިކާއަށް އަންގާފައެވެ. 

އިޒްްރާއިލްއިން އީރާނަށް ހަމަލާދޭންފެށިއިރުވެސް މަޝްވަރާތަކުގެ ހަވަނަ ބައްދަލުވުމެއް އޮތީ ފާއިތުވި އާދިއްތަ ދުވަހަށް ތާވަލް ކުރެވިފައެވެ. ނަމަވެސް މަޞްރަޙް ހޫނުވެ އެކަން ވަނީ ހިނދިގެން ގޮސްފައެވެ. 

އިއްޔެ ޓްރަމްޕް ވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޢަލީ ހާމަނާއި 'ފިލާ ހުރިތަނެއް' އެނގޭކަމަށާއި ނަމަވެސް މިވަގުތަށް އަދި ހާމަނާއީ އަވަހާރަކޮށްލަން ނުވިސްނާ ކަމަށް ވިދާޅުވެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow