
އިމްތިޔާޒުގެ މައްސަލައާއި ލާމަރުކަޒީ ޤަރާރުވެސް ކޮމިޓީއަށް
ލާމަރުކަޒީ ޤާނޫނު ހިންގުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާމެދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެކިވަޑައިގަންނަވާ ގޮތް ދެނެގަތުމަށް ހުށަހެޅުއްވި ޤަރާރާއި, ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަނުމުގެ ފުރުޞަތު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އަށް ނުދިން މައްސަލަވެސް ކޮމިޓީއަށް ފޮނުވައިފިއެވެ.
ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ލާމަރުކަޒީ ޤާނޫނާ ގުޅޭ ޤަރާރު ފޮނުވީ ލާމަރުކަޒީ ކޮމިޓީއަށެވެ. އެޤަރާރު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ 52 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެމްބަރުން ވޯޓް ދެއްވިއެވެ. އިއްޔެއާއި މިއަދު ކުރިއަށް ގެންދިޔަ ބަހުސްގައި ހިޔާލު ފާޅުކުރައްވަމުން ޤަރާރާ ދެކޮޅަށް ވާހަކަދެއްކެވީ އެމްޑީޕީގެ މެމްބަރުންނެވެ.
ޤަރާރުގެ މައިގަނޑު މަފުހޫމަކީ ކައުންސިލްތައް ހިންގަން ކުރާ ހޭދަ ބޮޑުވުމާއި, ކައުންސިލް މެމްބަރުންގެ އަދަދު ގިނަ ވުމާއި, އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމެވެ. ނަމަވެސް ޤަރާރުރުގައި ކައުންސިލަރުންގެ އަދަދު މަދު ކުރާ ވާހަކައެއް ނެތެވެ. އެމޭރުމުން ބަހުސްގައި ޕީއެންސީގެ މެމްބަރުން ހިޔާލުފާޅުކުރެއްވިއެވެ.
މެމްބަރު ކުޑޫ ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލަ ބަލައިގަތީ މެމްބަރުންގެ އިއްތިފާޤުންނެވެ. އެމައްސަލަ ބަލް ފޮނުވީ މަޖިލިހުގެ އިމްތިޔާޒާއި ސްކޫލް ކޮމިޓީއަށެވެ. ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދި މެމްބަރު ހެލްތް މިނިސްޓަރަށް ފޮނުއްވި ސިޓީއަށް ޖަވާބު ދެއްވާފައި ނުވާކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން އެއީ މެމްބަރުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް އެހެން މެމްބަރުންވެސް ދެކެވަޑައިގަތެވެ.
ރިއެކްޝަންސް






