ޕީއެންސީގެ މެންބަރުންގެ މަޖިލީސް އިންތިހާބުކޮށްފި

ޕީއެންސީގެ މެންބަރުންގެ މަޖިލީސް އިންތިހާބުކޮށްފި

2 hours ago - 14:23
Sep 16, 2026 - 14:23

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހަށް 35 ބޭފުޅަކު މިއަދު އިންތިހާބުކޮށްފިއެވެ.


މި ބޭފުޅުން އިންތިހާބުކޮށްފައިވަނީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގެ މަތީ މަޖިލީހުގެ ސެޝަނުގައެވެ. މިގޮތުން މެންބަރުންގެ މަޖިލީހުގެ އަންހެނުންގެ މެންބަރުންނާއި، ޒުވާން މެންބަރުންގެ އިތުރުން އާންމު މެންބަރުން އިންތިހާބުކުރުމަށް މަންދޫބުންގެ މެދުގައި ވަނީ ވޯޓު ނަގާފައެވެ.
އަންހެނުންގެ މަޖިލީހަށް އިންތިހާބުވި 10 މެންބަރުން:

މަރިޔަމް ޝިއުނާ - 931 ވޯޓު
ޝެރީނާ އަބްދުއްސަމަދު - 885 ވޯޓު
ފާތިމަތު މިޒްނާ އަލީ - 881 ވޯޓު
މަރިޔަމް ސާމިޔާ - 870 ވޯޓު
އައިޝަތު މުހައްމަދު - 863 ވޯޓު
އާމިނަތު ނަމްޒާ - 846 ވޯޓު
އާސިޔަތު ރީސާ މުހައްމަދު - 843 ވޯޓު
ފާތިމަތު މުހައްމަދު - 841 ވޯޓު
ފާތިމަތު ރުކްސާނާ - 837 ވޯޓު
އާމިނަތު ޝުރުދާ - 819 ވޯޓު

ޒުވާނުންގެ މަޖިލީހަށް އިންތިހާބުވި 7 މެންބަރުން:

ސިމާން ހާދީ - 881 ވޯޓު
އިބްރާހިމް އަދްޔާން ނިމާލް - 857 ވޯޓު
މަލްޝާ ޝަރީފް - 856 ވޯޓު
މުހައްމަދު އަސީލް - 852 ވޯޓު
ލުޖައިނުﷲ ޒުހެއިރު - 851 ވޯޓު
އިސްމާއިލް ރިފާއު - 850 ވޯޓު
ހައްމާދު ރަޝީދު - 849 ވޯޓު

މެންބަރުންގެ މަޖިލީހުގެ އާންމު މެންބަރުންގެ ގޮތުގައި އިންތިހާބުވި 18 ބޭފުޅުން:އަހްމަދު ހަމްދުﷲ ރަޝީދު (747 ވޯޓު)، ހުސައިން ޔާމީން މުހައްމަދު (746 ވޯޓު)، މުހައްމަދު އަބްދުﷲ (722 ވޯޓު)، މުހައްމަދު އާސިފް (711 ވޯޓު)، އަބްދުﷲ މުފީދު (709 ވޯޓު)، އަމާނީ މުހައްމަދު (701 ވޯޓު)، އިބްރާހިމް ރައްޒާން (700 ވޯޓު)، އަހުމަދު ސިއްދީގް (696 ވޯޓު)، ޝުއާއުﷲ ސައީދު (694 ވޯޓު)، ހަސަން މާއިލް އަލީ (693 ވޯޓު)، ހަސަން ފައިހަތު ގުދްރަތުﷲ (692 ވޯޓު)، މުހައްމަދު ނަޝާތު ރަޝީދު (691 ވޯޓު)، މުހައްމަދު ކިނާން (689 ވޯޓު)، މުހައްމަދު އަރީޝް (688 ވޯޓު)، މުހައްމަދު މަބްރޫކް (687 ވޯޓު)، އިސްމާއިލް ސުހެއިލް (685 ވޯޓު)، އަހުމަދު ޝިފާއު (683 ވޯޓު) އަދި މުހައްމަދު ވަހީދު (682 ވޯޓު) އެވެ.


މީގެއިތުރުން، އިންތިހާބަކާ ނުލައި ވެސް މުހިންމު ބައެއް މަގާމުތަކަށް ބޭފުޅުން ވަނީ ހޮވިވަޑައިގެންފައެވެ. އެގޮތުން އަންހެނުންގެ ހަރަކާތުގެ ރައީސަކަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ނައިބު ރައީސަކަށް އައިމިނަތު ހުސެއިން ޝަރީފް، ސެކްރެޓަރީއަކަށް އައިމިނަތު ނާސިހާ އަދި ހަޒާންދާރަކަށް އައިމިނަތު ޝިޒުލީން ވަނީ އިންތިހާބުވެވަޑައިގެންފައެވެ.


ހަމައެއާއެކު، ޒުވާނުންގެ ހަރަކާތުގެ ރައީސަކަށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހިމް އަބާން އަބްދުލްލަތީފް ހޮވިވަޑައިގެންނެވިއިރު، ނައިބު ރައީސަކަށް ހަސަން ޝަހީދު (ސަންޗޭޒް)، ސެކްރެޓަރީއަކަށް އިސްމާއިލް އަޒްމީ އަދި ހަޒާންދާރަކަށް މުހައްމަދު ރިފާއު ވަނީ އިންތިހާބުވެވަޑައިގެންފައެވެ.


މިއަދުގެ ސެޝަނުގައި ޕީއެންސީގެ ނައިބު ރައީސްކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ އިންތިހާބުކޮށްފައެވެ. މުޅި ރާއްޖެއިން 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ޕީއެންސީގެ މި ކޮންގްރެސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow