
އިންޑިއާގައި ފާމަސުޓީކަލް ކާރުހާނާ އެއް ގޮވައި 36 މީހުން މަރުވެއްޖެ
ޒަހަމްތަކާއި, އިތުރު 36 މީހަކު ވަނީ ހޮސްޕިޓަލްގައި އެނދުމަތިކުރެވިފައި
ބާރުގަދަ ގޮވުމަކާއެކު އިންޑިއާދެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ތެލަންގާނާގެ ފާމަސޫޓިކަލް ފެކްޓްރީއެއްގައި ރޯވެ 36 މީހަކު މަރުވެއްޖެ ކަމަށް އިންޑިއާގެ ނޫސްތައް ބުނެފިއެވެ.
އިއްޔެ މެންދުރުފަހު ހިނގި މިހާދިސާގައި އިތުރު 36 މީހަކު ފިހި ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށްވެސް ވަނީ މައުލޫމާތި ލިބިފައެވެ. ސަގާޗީ އިންޑަސްޓްރީސް އިން ހިންގާ މި ކާރުހާނާއަކީ ސްޓޭޓްގެ ވެރިރަށް ހައިދަރް އާބާދާ 50 ކިލޯމީޓަރު ދުރުގައި ހުންނަ ކާރުހާނާއެކެވެ.
ރޯވެފައިވަނީ ކާރުހާނާގެ މެޝިންތަކުގެ ސްޕްރޭ ޑްރަޔާ ޔުނިޓްގައެވެ. އެއީ ބޭހަށް ބޭނުންވާ ރޯމެޓީރިއަލް ޕައުޑަރަށް ބަދަލުކުރުމުގެ ޕްރޮސަސް ހިނގާ ޔުނިޓެވެ.
"ހާދިސާގައި މުޅި އިމާރާތް ވަނީ އެއްކޮށް ވެއްޓިފައި. 34 މީހެއްގެ ހަށިގަނޑު ނެގީވެސް ގާތަކުގެ ދަށުން. އަލިފާން ނިއްވާލާ, ގާތަކުގެ ތެރެއިން އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯ މިދަނީ ބަލަމުން" އެސޯސިއޭޓަޑް ޕްްރެސް އާ ވާހަކަދައްކަމުން ތެލަންގާނާގެ ފަޔަރ ސަރވިސްގެ ޑިރެކްޓަރު ނަރަޔާނާ ރާއޯ ބުނެފައި ވެއެވެ.
ޑިސްޓްރިކްޓް ފުލުހުން ބުނި ގޮތުގައި ހާދިސާ ހިނގިއިރު އެތަނުގައި 140 މީހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި ހާދިސާގައި މަރުވި ކަމަށްބެލެވޭ އިތުރު 25 މީހެއްގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.
"ހަށިތައް އަނދާފައި ހުރި ހާލަތަށް ބަލާފަޑީއެންއޭ ހެދުމަށްވެސް ހާއްސަ ޓީމެއް މިހާރު ވާނީ އެކުލަވާލާފަ" ތެލަންގާ ސްޓޭޓްގެ ހެލްތު އެންޑް ކެބިނެޓް މިނިސްޓަރ ދާމޯދަރް ރާޖާ ނަރަޝިިމާ އަލްޖަޒީރާއަށް ބުނެފައި ވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަށް ހާއްސަ ތަޙްގީގް ޓީމެއްވެސް ސަރުކާރުގެ ފަރާތުން މިހާރު ވަނީ އެކުލަވާލާފައެވެ.
މިހާދިސާގެ ސަބަބުން އިންޑިއާގައި މަސައްކަތްތެރިންގެ ސަލާމަތާއި އިންޑަސްޓްރިއަލް ސޭފްޓީ މިންގަނޑުތަކާ ގުޅޭގޮތުން އާ ކަންބޮޑުވުންތައްކެއް ވަނީ ތިލަވެފައެވެ. ހަރަދުކުޑަ ބޭސް އުފެއްދުމަށް މަޝްހޫރު އިންޑިއާގައި މިބާވަތުގެ ހާދިސާތައް ނިސްބަތުން ގިނައެވެ.
ރިއެކްޝަންސް






