ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އާ ރަޖިސްޓްރީ ހަވާލުކުރަނީ
ގުޅިފަޅުގެ ލޭންޑްޔޫޒް ޕްލޭނަށް ވަނީ ބަދަލުގެނެސްފަ

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އާ ރަޖިސްޓްރީ ހަވާލުކުރަނީ

9 months ago - 19:17
Jul 1, 2025 - 19:17
Advertisement
Advertisement

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އާ ރަޖިސްޓްރީ ހަވާލުކުރަން ތައްޔާރުވެއްޖެއެވެ. ރަޖިސްޓްރީ ހަވާލުކުރަނީ މިއަދުން ފެށިގެން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދައިގެންނެވެ. ރަޖިސްޓްރީގެ އިތުރުން ގޯތީގެ އެއްބަސްވުންވެސް ހޯދުމަށްވެސް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދަން މިނިސްޓްރީން ވަނީ ޢާއްމު އިއުލާނުކޮށްފައެވެ.

ކުރިން ދޫކުރި ރަޖިސްޓްރީ ބާތިލްކޮށް, އާ ރަޖިސްޓްރީ ދޫކުރަނީ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނައުމާއެކު ގޯތީގެ ލޮކޭޝަން ބަދަލުވުމުންނެވެ. އާ ލޭންޑްޔޫޒް ޕްލޭނާއެކު ގޯތި ލިބޭ ތަންތަން ކަނޑައަޅަން މެއި މަހުގެ 30 ވަނަ ދުވަހު ވަނީ ގުރުއަތު ނަގާފައެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ކޮންމެ ގަޑިއަކުވެސް އެޕޮއިންޓްމަންޓްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކަށް ކަމަށެވެ. ރަޖިސްޓްރީއާ އެއްބަސްވުން ދޫކުރަން ފަށަނީ ޖުލައި 7 ވަނަ ދުވަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement