ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ފެނޭ- ނަޝީދު
ރައީސް މުއިއްޒުގެ ނިންމެވުމަށް ނަޝީދު ތާއީދު: ފޮޓޯ-ރައީސް އޮފީސް

ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ފެނޭ- ނަޝީދު

ރައީސްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވި ކުރީގެ ރައީސް އަކީ ނަޝީދު

3 hours ago - 23:53
Sep 13, 2025 - 23:53
Advertisement
Advertisement

ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ރަސްމީ އެކައުންޓްތަކުން ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އެމަނިކުފާނަށްވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު އިޝާރާތްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށެވެ. ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންގެ އިނާޔަތް ކުޑަކުރައްވަން ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެމްބަރުން ތިއްބަވާ ގްރޫޕްގައެވެ. އޭގެފަހުން އެމަނިކުފާނުގެ ސޯޝަލް މީޑިޔާ އެކައުންޓްތައް މެދުވެރިކުރައްވާ އެކަން ކުރައްވަން ނިންމެވިކަން އިއުލާނުކުރެއްވިއެވެ. އެބަދަލުތައް ޤާނޫނަށް ގެންނަވާނެކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ސުޕަރ މެޖޯރިޓީ މަޖިލިހުގައި އޮތުމުން ސަރުކާރުން ބޭނުންވާ ގޮތަށް އެބަދަލު ގެނެވޭނެއެވެ.

ރައީސްގެ ނިންމެވުމަސް ތާއީދުކުރައްވާ މިހާތަނަށް ވާހަކަދެއްކެވި ހަމައެކަނި ކުރީގެ ރައީސްއަކީ ނަޝީދުއެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލިހުގެވެސް ކުރީގެ ރައީސްކަމުން މަޖިލިހުގެ މެމްބަރުންގެ ކުޑަކުރާ އިނާޔަތުންވެސް އެމަނިކުފާނުގެ އިނާޔަތް ކުޑަވާނެއެވެ.

ރިޓަޔަރ ކުރެއްވުމުން އިނާޔަތް ލިބިވަޑައިގަންނަވާ ބޭފުޅުންވެސް އެހެން މަގާމްތައް އަދާކުރައްވާ މުއްދަތުގައި ރިޓަޔަރމަންޓް އިނާޔަތް ނުލިބޭ ގޮތަށް ބަދަލުކުރަން ހުށަހަޅުއްވާނެކަންވެސް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement