ދެގައުމުގެ ކުޅިވަރު ކުރިއެރުވުމާއި ގުޅޭގޮތުން ރާއްޖޭ އާއި ލަންކާ މަޝްވަރާކޮށްފި
ކުޅިވަރާއި ބެހޭ ވަޒީރު ލަންކާގެ އެކްޓިންސަފީރާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ:ކުޅިވަރާއި ބެހޭ ވުޒާރާ

ދެގައުމުގެ ކުޅިވަރު ކުރިއެރުވުމާއި ގުޅޭގޮތުން ރާއްޖޭ އާއި ލަންކާ މަޝްވަރާކޮށްފި

1 year ago - 14:37
Mar 7, 2025 - 14:39
Advertisement
Advertisement

ރާއްޖޭއާއި ސްރީލަންކާ އާއި ދެގައުމުގެ ކުޅިވަރު ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާކޮށްފިއެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު، ސްރީލަންކާގެ އެކްޓިންގ ހައި ކޮމިޝަނަރ، ޑީ. އަމަނުއްލާއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅިވަރާއި އެތުލީޓުންނަށް ލިބޭ ފުރުޞަތުތައް ރަނގަޅުކުރުމާއި، އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ކުޅިވަރާއި ބެހޭ ވިޒާރާއިން ވިދާޅިވިއެވެ. 

ސްރީލަންކާއަކީ ދިވެހިރާއްޖެ އާއި އެންމެ އަވަށްޓެރި އެއް ގައުމަށްވާ އިރު އެ ގައުމުން އަންނަނީ ތަފާތު ރޮގުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement