
މަރަޑޯނާގެ މަރުގެ ތުހުމަތުކުރެވޭ މެޑިކަލް ސްޓާފުންގެ ޝަރީއަތް އަންގާރަ ދުވަހު ފަށަނީ
މަރަޑޯނާގެ ސިއްހީ ފަރުވާގައި ފަރުވާކުޑަކުރި ހަތް ސިއްހީ ޕްރޮފެޝަނަލުންގެ މައްޗަށް ވަނީ ދަޢުވާ އުފުލާފަ.
2020 ވަނަ އަހަރު ނޮވެމްބަރު މަހު ފުޓްބޯޅައިގެ ސަޕޯޓަރުންނާއި މުޅި ދުނިޔެ ސިއްސުވާލި, އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާގެ މަރަށް ހަތަރު އަހަރު ފަހުން އެކަމުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީއަތް ފަށަށް ތާވަލްކޮށްފިއެވެ. މަރަޑޯނާއަށްގެ ފަރުވާކުރުމުގައި އޭނާގެ އެނެމެ ފަހު ދުވަސްތަކުގައި އުޅުނު ހަތް ސިއްޙީ ޕްރޮފެޝަނަލުންނަށް ކުރަނީ ފަރުވާއަށް އިހްމާލުވުމުގެ ދައުވާއެވެ.
ރިޕޯޓްތައް ބުނާގޮތުން މިދައުވާގައި މަރަޑޯނާގެ އާއިލާގެ މެމްބަރުންނާއި ކުރިން މަރަޑޯނާއަށް ސިއްހީ ފަރުވާދިން ޑޮކްޓަރުންވެސް ހިނެމޭހެން 100 އަށްވުރެ ގިނަ މީހުން ހެކިބަސްދޭނެއެވެ. އަންގާރަ ދުވަހު ބީނޯސް އެރެސް ސަބައާބް އޮފް ސެން އިސްދްރޯ ގައި ފަށާ ޝަރީއަތުގެ ހެކިބަހުގެ މަރުހަލާ ހަތަރު މަސްދުވަހަށް ދެމިގެންދާނެއެވެ.
އެ ހަތް މީހުންނާ ދެކޮޅަށް ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ މީހެއްގެ މައްޗަށް 8 އަހަރާއި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ތުހުމަތުކުރެވޭ ހަތް ފަރާތަކީ ނިއުރޯ ސާޖަން ލެއޮޕޮލްޑޯ ލުކީ, ސައިކޭޓްރިސްޓް އަގަސްޓީނާ ކޮސެޝޯވް, ސައިކޮލޮޖިސްޓް ކާލޮސް ޑިއަޒް, މެޑިކަލް ކޯޑިނޭޓަރ ނެންސީ ފޯލިނީ, ނާސިން ކޯޑިނޭޓަރ މެރިއާނޯ ޕެރޯނީ, ޑޮކްޓަރ ޕެޑްރޯ ޕަބްލޯ ޑި ސެޕްގެނާ އަދި ނަރުސް ރިކާޑޯ އަލްމީރޯއެވެ.
ޑިއަގޯ މަރަޑޯނާ މަރުވީ ނޮވެމްބަރު 25, 2020 ވަނަ އަހަރު އުމުރުން 60 އަހަރުގައި ސިކުނޑީގައި ލޭގަނޑުވެގެން ހެދި ސާޖަރީއަކަށް ފަހުއެވެ. އޭގެކުރިން ގިނަ އަހަރުތަކެއް ވަންދެން ރަލާއި މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކޮކެއިން އަށް ދެވިހިފުމުގެ ސަބަބުން މަރަޑޯނާގެ ސިއްހީ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މަރަޑޯނާ މަރުވެފައި އޮށްވާ ފެނުނީ ބީނޯސް އެރީސްގައި އޭނާ ކުއްޔަށް ހިފާފައި ހުންނަ ގޭގެ އެނދުމަތީގައި އޮށްވައެވެ. އެތަނަށް އޭނާ ގެންގޮސްފައިވަނި ސާޖަރީއަށްފަހު ދެހަފުތާ ވަންދެން ހޮސްޕިޓަލްގައި އޮތުމަށްފަހު ދޫކޮށްލުމުންނެވެ. ސިއްހީ ލިޔެކިޔުންތައް ދައްކާގޮތުން މަރަޑޯނާ މަރުވީ ހިތް ހުއްޓިގެންނެވެ.
އެރޭ ހުރި ނަރުސް ބުނެފައިވާ ގޮތުގައި މަރަޑޯނާގެ ކިބައިން އަލާމާތްތަކެއް ފެނުނުކަމަށާއި ނަމަވެސް އޭނާއަށް އެންގިފައިވަނީ މަރަޑޯނާ ހޭނުލެއްވުމަށް ކަމަށް މަރަޑޯނާގެ ނަރުހާ ހަވާލާދީ އެދުވަސްވަރު ރިޕޯޓްކޮށްފައިވެއެވެ.
ކޯވިޑް-19 ގެ ޕެންޑަމިކްގެ މެދުތެރެއިން ގެއްލުނު އެގައުމުގެ ލެޖެންޑާއެކު އާޖެންޓީނާ އަށް ފުން ހިތާމައެއް ލިބިގެން ދިޔައެވެ. ޙާއްސަކޮށް ޖަނާޒާގައި ގިނަ ބަޔަކަށް ބައިވެރިވެވޭގޮތްވެސް ވަނީ ނުވެފައެވެ. ނަމަވެސް ރައީސްގެ ރަސްމީ ގެކޮޅުގައި ބާއްވާފައި އޮތް މަރަޑޯނާއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރަން އެތައް ހާސް ބަޔަކު ކިއޫ ހަދާފައި އޮތެވެ.
ރިއެކްޝަންސް






