ވޯލްވްސް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަން
އިނގިރޭސި ޕްރީމއި ލީގުގައި ވޯލްވްސް އަތުން ބަލިވެ ޗެލްސީ އިތުރު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެ
އިނގިރޭސި ޕްރީމއި ލީގުގައި ވޯލްވްސް އަތުން ބަލިވެ ޗެލްސީ އިތުރު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.
މިއީ ޖެހިޖެހިގެން ޗެލްސީ ބަލިވި ހަތަރުވަނަ މެޗެވެ. މި މެޗުން ޗެލްސީ ބަލިވީ 2 ލަނޑު 1 ލަނޑުންނެވެ.
މިއީ ކްލައުޑިއޯ ރަނިއޭރީ ގެ އިރުޝާދުގެ ދަށުން 2000 ވަނަ އަހަރުގެ ޑިސެމްބަރު މަހުވީ ބައްޔަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގައި އަވޭ މެޗެއްގައި ޗެލްސީން ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ޕްރީމިއާ ލީގުގައި މިއަހަރު ޗެލްސީ ބަލިވި ވަރަށް އެހެން އެއްވެސް ޓީމެއް ބަލިވެފައިވެސް ނުވެއެވެ. ޗެލްސީ މިހާތަނަށް 19 މެޗުން ވަނީ ބަލިވެފައެވެ.
މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާ ޗެލްސީން މިމެޗުގައި ފެނުނު އެންމެ ރަނގަޅު އެއްކަމަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކްރިސްޓޯފާ އެންކުންކޫ ޖެހި ލަނޑެވެ.
އޭނާ ވެފައިވަނީ ކުޅެން ނުކުތް ފުރަތަމަ މެޗުގައި ޗެލްސީއަށް ލަނޑުޖަހައިދިން 27 ވަނަ ކުޅުންތެރިޔާއަށެވެ. އަދި 2017 ވަނަ އަހަރު ސްޕެއިންގެ އަލްވާޓޯ މޮރާޓާގެ ފަހުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމުގެ ލަނޑެއް ކާމިޔާބު ކޮށްދިން ކުޅުންތެރިޔަކަށެވެ.
ރިއެކްޝަންސް