އިޒްރާއިލްއިން ޣައްޒާއަށް އިންސާނީއެހީ ވަނުން ހުއްޓުވާފައި އޮންނަތާ ހަ ވަނަ ދުވަސް; ޣައްޒާ ހައިހޫނު ކަމުގައި
ކާބޯތަކެތި ހޯދަން ކިއޫ ހަދާފައި ތިބީ ޣައްޒާގެ ކުޑަކުދިންތަކެއް. ފޮޓޯ: ރޮއިޓާސް

އިޒްރާއިލްއިން ޣައްޒާއަށް އިންސާނީއެހީ ވަނުން ހުއްޓުވާފައި އޮންނަތާ ހަ ވަނަ ދުވަސް; ޣައްޒާ ހައިހޫނު ކަމުގައި

2 days ago - 15:46
Mar 7, 2025 - 15:55

މި ރަމަޞާން މަހުގެ ދެވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ވަނުން އިޒްރާއިލްއިންވަނީ ހުއްޓުވާފައެވެ. އެއާއެކު ޣައްޒާގެ ރައްޔިތުން ހައިހޫނުކަން އިންތިހާއަށް ގޮސް މި ރޯދަމަހު އިންސާނީ ކާރިޘާއެއް ކުރުމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން އިޒްރާއިލްއިން ރަފަޙް ކްރޮސިން ބަންދުކުރުމާއެކު ޣައްޒާއަށް އެހީގެ ތަކެތި އެތެރެވުން ހުއްޓިފައިވާވުން އަލުން ފެށުނީ ޖެނުއަރީ 19 ވަނަ ދުވަހުއެވެ. ހަމާސްއާއި އިޒްރާއިލް އާ ދެމެދު ވެވުނު ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަފަޙް ބޯޑަރުން ކަނޑައެޅޭ ވަކި އަދަދަކަށް އެހީގެ ޓްރަކްތައް ވަންނަން ހުއްދަ ދިން ނަމަވެސް އެއްބަސްވުމުގައި އޮތްގޮތާ ގާތަށްވެސް ޣައްޒާއަށް އެހީގެ ތަކެތި ވަދެފައެއް ނުވެއެވެ.

އެއްބަސްވުމުގެ ދަށުން ދުވާލަކު 600 ޓްރަކްގެ ކާނާއާއި, ބޯފެން އަދި ސިއްހީ ސާމާނު އެތެރެވާން ޖެހުނު ނަމަވެސް, ފުރަތަމަ 20 ދުވަގެ ތެރޭގައިވެސް ވަދެފައިވަނީ 8500 ޓްރަކެވެ. އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މޯބައިލް ގެތައް އަދިވެސް ޣައްޒާއަށް ވަނީ އެތެރެނުކުރެވިއެވެ.

އެހީގެ ތަކެތި ޣައްޒާއަށް އެތެރެކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެފައިވާގޮތުގައި އިޒްރާއިލްއިން ޣައްޒާއަށް އެހީގެ ތަކެތި އެތެރެވުން ހުއްޓުވާފައިވަނީ އެމެރިކާ ސަރުކާރުގެ އަމުރަށެވެ.

Advertisement
Advertisement

ހަމާލާތައް ހުއްޓާލުމާބެހޭ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކުރިއަށް ނުދާއިރު, ފުރަތަމަ ފިޔަވަހީގެ މުއްދަތު ވަނީ ރަސްމީކޮށް ނިމިފައެވެ. ހަމާސްގެ އަސްކަރީ ތަރުޖަމާނު ބުނެފައިވާ ގޮތުގައި "އެމީހުންތިބީ ހުރިހާ ކަމަކަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ".

އިޒްރާއިލް އިން ޣައްޒާއަށް ވަންނަ އެހީގެ ތަކެތި ހުއްޓުވާފައިވަނީ ސުންނާފަތިވެފައިވާ ޣައްޒާގެ މަގުތަކުގައި މުލަރޯދަ ދުވަހު ދިގު މޭޒުތައް ޖަހައިގެން ޣައްޒާގެ ރައްޔިތުން ބޭއްވި ރޯދަވީއްލުން ހަޖަމު ނުވެގެންނެވެ. ނަމަވެސް ކުރިން ވަދެފައިވާ އެހީގެ ތަކެއްޗާއެކު މިއަދުވެސް ޣައްޒާގައި ރޯދަވީއްލުމުގެ ބޮޑު އެއްވުމެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެހީ ވަނުން ހުއްޓުމާއެކު ޣައްޒާގައި ހުރި މަދު ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލި 2 މިލިއަން މީހުންގެ އާބާދީގެ ބޮޑުބަޔަކަށް ކާބޯތަކެތި ލިބުން ވަނީ އިންތިހާއަށް ދަތިވެފައެވެ. އެހެން ކަމުން އެހީދޭ ފަރާތްތަކުން އިންތިޒާމްކުރާ ރޯދަ ވީއްލުމުގެ ފޮޓޯތަކަކީ ޣައްޒާގެ އަސްލު ހާލަތާ ނުބައްދަލު ތަސްވީރެކެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow