ނޫސްވެރިން މެރުން ކުށްވެރިކުރާ ބަޔާނުގައި ނަންހިމެނުމަށް އެދުނުތާ 2 ހަފުތާ, ރާއްޖެއިން އަދި ޖަވާބު ނުދޭ!
ޣައްޒާގެ ނޫސްވެރިޔާ އަނަސް އަލް-ޝާރިފް ގެ ޖަނާޒާގެ ތެރެއިން. ފޮޓޯ: އޭޕީ

ނޫސްވެރިން މެރުން ކުށްވެރިކުރާ ބަޔާނުގައި ނަންހިމެނުމަށް އެދުނުތާ 2 ހަފުތާ, ރާއްޖެއިން އަދި ޖަވާބު ނުދޭ!

ރާއްޖެއަކީ މީޑިއާ ފްރީޑަމް ކޯލިޝަންގެ މެމްބަރެއް

4 hours ago - 23:13
Sep 11, 2025 - 23:16

މިދިޔަ މަހު ޣައްޒާގައި މަރާލި 6 ނޫސްވެރިންގެ މަރާއެކު ނޫސްވެރިން މެރުން ކުށްވެރިކުރުމަށް މީޑިއާތަކުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކުރަން އުފައްދާފައިވާ މީޑިއާފްރީޑަމް ކޯލިޝަން އިން ނެރޭ ބަޔާނުގައި ސޮއިކުރުމަށް ފޮނުވި އީމެއިލްއަށް ދިވެހިރާއްޖެއިން  އަދިވެސް ޖަވާބުދީފައި ނުވާކަން ހާމަވެއްޖެއެވެ. 

ދިވެހިރާއްޖެއަކީ 51 މެމްބަރު ޤައުމު ހިމެނޭ ކޯލިޝަންގެ މެމްބަރެކެވެ. ވަކި ހާދިސާއެއް ބަޔާންނުކޮށް ޖުމަލްގޮތެއްގައި ނޫސްވެރިންނަށް އަމާޒުކޮށްދޭ ހަމަލާތައް ކުށްވެރިކުރަން ޤައުމުތަކުން ގުޅިގެން ބަޔާންނެރުމަށް ސޮއިހޯދުމަށް އެދި އެ ކޯލިޝަން އިން ފޮނުވި އީ-މެއިލް އަށް އޯގަސްޓް 20 ވަނަ ދުވަހު ޖަވާބު ފޮނުވުމަށްވަނީ އެދިފައެވެ. 

މުއްދަތު ހަމަވުމަށްފަހު ޖެހިގެން އައި ދުވަހު (21 އޯގަސްޓް 2025) ގައި އެކޯލިޝަން އިންވަނީ އެކަމާ ގުޅޭގޮތުން ބަޔާނެއްވެސް ނެރެފައެވެ. އެއީ އިޒްރާއިލްއިން ދިން ޑްރޯން ހަމަލާއެއްގައި ޣައްޒާގައި އަލްޖަޒީިރާގެ ނޫސްވެރިޔާ އަނަސް އަލް-ޝާރިފް ހިމެނޭހެން 6 ނޫސްވެރިއަކު މަރާލިތާ ދެ ހަފުތާ ވީދުވެހެވެ

މީޑިއާ ފްރީޑަމް ކޯލިޝަންގެ ސެކްރެޓޭރިއަޓް އާ ހަވާލާދީ އަލްޖަޒީރާގައި ވާގޮތުން އެ ކޯލިޝަންގެ އީ-މެއިލްއަށް މުއްދަތު ހަމަވިއިރު އިޖާބަދީފައިވަނީ 16 މެމްބަރު ޤައުމަކުންނެވެ. އަދި އޭގެ ފަހުން އިތުރު 5 ގައުމަކުން ބަޔާނުގައި ނަންހިމެނުމަށް ސޮއިކޮށްފައިވާއިރު އޭގެތެރޭގައި ސްވިޑެން, އިނގިރޭސިވިލާތް, އޮސްޓްރޭލިއާ, ކެނަޑާ އަދި ފްރާންސްވެސް ހިމެނެއެވެ.

Advertisement
Advertisement

އަދި މިހާތަނަށް އައިރުވެސް ބަޔާނުގައި ނަން ހިމެނުމަށް އިޖާބަ ނުދޭ, އަދި ވަކި އެއްޗެއް އަންގާފައިނުވާ އެ ކޯލިޝަންގެ މެމްބަރު ޤައުމުތަގެ ތެރޭގައި އެމެރިކާ, ދެކުނު ކޮރެއާ, އާޖެންޓީނާގެ އިތުރުން ދިވެހިރާއްޖެ ވެސް ހިމެނެއެވެ. 

އިނގިރޭސިވިލާތާއި ކެނަޑާގެ އިސްނެގުމުގެ މަތިން މީޑިއާ ފްރީޑާމް ކޯލިޝަން އުފައްދާފައިވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ގިނަ ޤައުމުތަކެއްގެ މީޑިއާގެ ހާލަތާގުޅޭގޮތުން އެޖަމާއަތުން ވަނީ ބަޔާންތައް ނެރެފައެވެ. އެޤައުމުތަކިގެ ތެރޭގައި ރަޝިއާ, ތުރުކިއޭ, ހޮންކޮންގް އަދި ވެނެޒުއޭލާވެސް ހިމެނެއެވެ. 

ފާއިތުވި އަހަރު އެޖަމާއަތުންވަނީ އިޒްރާއިލްއިން ހިފާފައިވާ ހުޅަނގު އައްސޭރީގައި އަލްޖަޒީރާ މަނާކުރުމާ ގުޅިގެން އެކަމާ ދެކޮޅަށްވެސް ބަޔާނެއް ނެރެފައެވެ. ނަމަވެސް ޣައްޒާގައި އިޒްރާއިލްއިން ހިންގަމުން ގެންދާ އުދުވާނަށް ދެ އަހަރުވާން ދާއިރު 200 އަށް ވުރެގިނަ ނޫސްވެރިން މަރާލާފައިވާއިރު އެކަމާގުޅިން އެޖަމާއަތުން ބަޔާނެއް ނެރުމަށް މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow